މިއަދު ސަރުކާރުގެ ދިހަ ވަޒީރަކު އިސްތިއުފާ ދެއްވުމުން އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަލްއުސްތާޒު ފައްޔާޒު އިސްމާއީލް ޕާޓީތަކުގެ މަޝްވަރާއަށް ގޮވާލައްވައިފިއެވެ.
އެކްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވެފައިވަނީ ރައްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަންނަން ޖެހޭ ކަމަށެވެ. އެކަން ކުރުމަށްޓަކައި ހުރިހާސިޔާސީ ޕާޓީތައް ގުޅިގެން މަޝްވަރާކުރުން މުހިންމު ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.
ކެބިނެޓުގެ އެކާވީސް ވަޒީރުންގެ ތެރެއިން ދިހަ ވަޒީރަކު އިސްތިއުފާ ދެއްވުމުން އެއިން ދައްކުވައިދެނީ ރައްޔޮތުންގެ މެދުގައި ސަރުކާރަށް އޮތް ތާއީދުގެ ކުޑަކަން ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެހެންކަމުން ރާއްޖޭގެ އިގްތިސާދާއި ހިންގުމުގެ ދާއިރާ ހަރުދަނާކޮށް ހައްލެއް ހޯދުމަށްޓަކައި ހުރިހާ ސިޔާސީ ޕާޓީތަކެއް އެއްކޮށް ވާހަކަ ދެއްކެވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ގޮވާލައްވާ ކަމަށް ފައްޔާޒު ވިދާޅުވެފައިވެއެވެ. ރާއްޖޭގެ މާލީހާލަތާއި ދުނިޔޭގެ މަސްރަހު ގޯސްވެފައިވާ މިވަގު ގައުމީ މަސްލަހަތު އިސްކުރެއްވުން ވަރަށް މުހިންމު ކަމަށް ފައްޔާޒު ވިދާޅުވެފައެވެ.






