އީޖާދީ މުސްތަގުބަލަކަށް ވަޒީރު އިޙްސާން ގޮވާލައްވައިފި

މުހައްމަދު އަލީ
އޭޕްރިލް 15, 2026

ދިވެހި މަސައްކަތްކަތްރީންގެ ހައްގުތައް ކަށަވަރު ކޮށްދެއްވައި ބާރުވެރިކުރުވުމަށް މަސައްކަތް ކޮށްދެއްވާނޭ ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މީގެ އިތުރުން ރާއްޖޭގެ ދާޚިލީ ސަލާމަތްތެރިކަން ވަރުގަދަކުރެއްވުމަށްވެސް މަސައްކަތް ކުރައްވާނޭ ކަމަށް އިޙްސާން ވިދާޅުވެފައިވެއެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވެފައިވަނީ ރައީސް ޑރ. މުޙައްމަދު މުޙަމަދު މުޢިއްޒު އަލުން އެކުލާވާލެއްވި ވަޒީރުންގެ މަޖިލީހުގައި ހިމެނުއްވުމުން އުފަލާއެކު އެކަންބަލައިގަންނަވާ ކަމަށެވެ.

އެމަނިކުފާނާއެކު މިނިސްޓްރީގައި މަސައްކަތް ކުރައްވާ ހިވާގި ޓީމާއެކު ރައްކާތެރި ސަލާމަތްރި ރާއްޖެއެއް ބިނާކުރެއްވުމަށް މަސައްކަތް ކުރައްވާނޭ  ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ”‏އަޅުގަނޑުގެ ލަޔާޤަތާއި ގާބިލުކަން ތަންދިން އެންމެ މަތީދަރަޖައަށް ރާއްޖެއަށް ޚިދުމަތް ކުރުމުގައި ދެމިހުންނާނެ ކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވަން. ބަދަހި ރައްކާތެރި އީޖާދީ މުސްތަގުބަލެއް ގުޅިގެން ބިނާކުރަމާހިންގަވާ،“ ވަޒީރު ވިދާޅުވެފައިވެއެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *