އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ”ވަން ޑޭ މޯ“ ގެ ޕްރޮޑަކްޓް ރޭންޖް ބާޒާރަށް ނެރެ ވިއްކަން ފަށައިފި ކަމަށް އެކުންފުނިން ބުނެފިއެވެ.
ޔޫރަޕްގެ މަޝްހޫރު މި ޕްރޮޑަކްޓްތައް ތަޢާރަފް ކުރެވިގެން ދިޔައީ، 19 އޭޕްރީލް 2026 ވީ އާދިއްތަ ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. މި ހަފްލާ ޝަރަފްވެރި ކޮށްދެއްވީ ހީޓް ޖިމްގެ ސީއީއޯ އަދި ފިޓްނަސް އިންސްޓްރަކްޓަރ އައިޝަތު ޝިފާނާ ވަޖީހެވެ. ޝިފާނާ ވަނީ ޕްރޮޑަކްޓްތަކާ ގުޅޭ ސިއްޙީ ފައިދާތަކުގެ މައުލޫމާތު ދެއްވާފައެވެ.

’ހެލްތީ، ނެޗުރަލް، ޕްރިމިއަމް ބްރޭކްފާސްޓް ބްރޭންޑް‘ އެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ ”ވަން ޑޭ މޯ“ ގެ ޕްރޮޑަކްޓްތަކުގެ ތެރޭގައި ގްރެނޯލާ، މޫސްލީ އަދި އޯޓްމީލް، ޕޮރިޖް އަދި ޕްރޮޓީން އެކުލެވޭ ސީރިއަލް ފަދަ ތަފާތު ބާވަތްތައް ހިމެނެއެވެ.
މި ޕްރޮޑަކްޓްތަކަކީ ހެނދުނުގެ ނާސްތާ ގަޑިއަށް ޚާއްސަ އަދި ދުވަހުގެ އެހެން ގަޑިތަކުގައިވެސް ކާލެވޭ، މީރު އުފެއްދުންތަކެއް ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. މިއީ ސިއްހަތަށް ޚާއްސަ ސަމާލުކަމެއް ދެއްވާ ފަރާތްތަކަށް، ކޮންމެ ދުވަހެއްގެ ކެއުންތަކަށްވެސް އިތުރު ކޮށްލެވޭނެ، ހަށިގަނޑަށް ފައިދާ ހުރި އުފެއްދުމެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މި ބްރޭންޑްގެ ޕްރޮޑަކްޓްތައް ބާޒާރަށް ތަޢާރަފް ކުރެވިގެން ދިއުމާއިއެކު، ޚާއްސަ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަ ޖެހިފައި ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ. ދެ ހަފްތާގެ މުއްދަތަކަށް ކުރިއަށްދާ މި ކެމްޕެއިންގައި، ’ވަން ޑޭ މޯ‘ ގެ ޕްރޮޑަކްޓްތަކުން ޚާއްސަ ޑިސްކައުންޓް ތަކެއް ކަސްޓަމަރުންނަށް ލިބިގެންދާނޭ ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.
’ވަން ޑޭ މޯ‘ ގެ ހުރިހާ ޕްރޮޑަކްޓްތަކެއް، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މާލެ އަދި ހުޅުމާލެ ފޭސް 1 އައުޓްލެޓުން ލިބެން ހުންނާނެއެވެ.






