އެސްޓީއޯގެ މައިއޮފީސް އިމާރާތް/ހިރިފޮޓޯ- އަލްސަން

ފުރަތަމަ ކުއަރޓަރުގައި އެސްޓީއޯއަށް 5.5 ބިލިއަން ރުފިޔާ

މުހައްމަދު އަލީ
އޭޕްރިލް 22, 2026

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެކުންފުނީން ބުނެފައެވެ. އެކުންފުނީން  ބުނީ މިއީ މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރއާއި އަޅާ ބަލާއިރު 33 އިންސައްތައިގެ އިތުރުވުމެއް ކަމަށެވެ.

ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް މައްޗަށްދިޔުމާއި، އަދި މި ކުއާޓަރގައި ބަންކަރިން ހިމެނޭގޮތަށް ކުންފުނިން ވިއްކި ތެލުގެ އަދަދު 27 އިންސައްތަ އިތުރުވުމާއި، ކުންފުނީގެ އެހެން ދާއިރާތަކުގެ ވިޔަފާރި ރަނގަޅުވުން ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެކުންފުނީގެ ޖުމްލަ އާމްދަނީ އިތުރުވުމުން ފައިދާގެ ގޮތުގައި ލިބިފައިވަނީ 785 މިލިއަން ރުފިޔާ ކަމަށް ވެސްވަނީ ބުނެފައެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި އިރު 17 އިންސައްތައިގެ އިތުރުވުމެކެވެ.

ހިންގުމުގެ ހަރަދު ނިސްބަތުން އިތުރުވީ ނަމަވެސް، ޖުމްލަ ފައިދާ އިތުރުވުމާއެކު ހިންގުމުގެ ފައިދާ އޭގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި 14 އިންސައްތައިން އިތުރުވެ، 368 މިލިއަން ރުފިޔާ ވަނީ ލިބިފައި ކަމަށްވެސް ބުނެފައިވެއެވެ. އަދި ފައިނޭންސް ކުރުމުގެ ހަރަދު ކުޑަކުރެވުމާއެކު ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 331 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި އިރު 20 އިންސައްތައިގެ އިތުރުވުމެކެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރގެ ސާފު ފައިދާގެ ގޮތުގައި ވަނީ 276 މިލިއަން ރުފިޔާ ލިބިފައެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *