މަޝްވަރާތަކަށް ކުރިއެރުން ލިބެންއޮތީ އެމެރިކާ އިޚްލާސްތެރި ކަމުގެ މައްޗަށް: ސަފީރު

އަހުމަދު މުހައްމަދު
މެއި 4, 2026

ތެހެރާނާއި ވޮޝިންޓަނާ ދެމެދު މަޝްވަރާތައް ކުރިއަށް ގެންދިއުމަކީ އެމެރިކާ އިން އަމަލު ކުރާ ގޮތް ބަދަލުކުރުމުގެ މައްޗަށް ބިނާވެފައިވާ ކަމެއް ކަމަށް އީރާނުން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރޭޒާ އަމީރީ މުގައްދާމް ވިދާޅުވެއްޖެއެވެ.

އިސްލާމްއާބާދުގައި އައިއާރްއެންއޭ އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އަމީރީ މުގައްދާމް ވިދާޅުވީ އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތައް ހުއްޓުވުމަށް އީރާނުން ވަނީ ވަރަށް ބޮޑު ޕްލޭނެއް ހުށަހަޅާފައި ކަމަށެވެ. އެހެންނަމަވެސް، އެއިން ކުރިއެރުމެއް ލިބެންއޮތީ އެމެރިކާގެ އިޚްލާޞްތެރިކަމާއި، ތެދުވެރި ޑިޕްލޮމެޓިކް މަސައްކަތުގެ މައްޗަށް ކަމަށް ސަފީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އީރާނުން އެންމެ ފަހުން ހުށަހެޅި ހުށަހެޅުން މިހާރުވަނީ ޕާކިސްތާނާ ހިއްސާ ކޮށްފައި ކަމަށެވެ. އަމީރީ މުޣައްދާމް ވަނީ މަޝްވަރާތައް ކުރިއަށް ގެންދިއުމުގައި ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެމެރިކާގެ އަމަލުތަކަށް އޭނާ ވަނީ ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އީރާނުގެ ހުށަހެޅުމަކީ ދެފުށް ފެންނަ ޑިޕްލޮމެޓިކް ސްޓޭންޑެއް ކަމަށެވެ.

ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން 40 ދުވަހަށް ދެމިގެން ދިޔަ ހަނގުރާމަ ހުއްޓާލުމަށް ފަހު އެޕްރީލް މަހުގެ 8 ވަނަ ދުވަހުން ފެށިގެން މުއްދަތެއް ނެތް ގޮތަށް ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކުރީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ. މިދިޔަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު އިސްލާމްއާބާދުގައި އީރާނާއި އެމެރިކާއާ ދެމެދު ބޭއްވި ފުރަތަމަ މަޝްވަރާތައް ނިންމާލީ އެއްބަސްވުމަކަށް ނާދެވިއެވެ. އެހެންވަނީ އެމެރިކާގެ ގޮތްދޫނުކުރުމުގެ ސަބަބުން ކަމަށް އީރާނުން ދަނީ ބުނަމުންނެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *