ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލައެއް ބަލަން ފަށައިފި

އަހުމަދު މުހައްމަދު
އޮކްޓޯބަރ 5, 2024

މީހަކަށް ތޫނުއެއްޗަކުން ހަމަލާދިން މައްސަލައެއް ފުލުހުން ބަލަންފަށައިފިއެވެ. މިހާދިސާ ހިންގާފައިވަނީ ދިލްބަހާރުމަގުގައި ހުރި ފިހާރައެއްގައި އެމީހާ ހުއްޓައެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ ރޭ ދިހަގަޑި އެކެއް އެހައިކަންހާއިރު ކަމަށެވެ.

މި ހާދިސާގައި އަނިޔާ ލިބިފައިވަނީ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް އައިޖީއެމްއެޗު ގައި ފަރުވާދިނުމަށްފަހު ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލާފައި ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ. މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި ހިނގާ މިފަދަކަން މަދުކުރުމަށް ނުވަތަ ހުއްޓުވުމަށް ދިވެހި ފުލުހުންދަނީ މަސައްކަތް ކުރަމުންނެވެ.

 

މި ލިޔުމާ ގުޅޭ