ރައީސްގެ ހަމްދަރުދީ ފިލިޕިންސަށް

ހިރި ނިއުސް
ޖޫން 9, 2026

ފިލިޕީންސްގެ މިންޑަނާއޯގެ އައްސޭރިފަށަށް އައި ބިންހެލުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ރައީސް، ފަރޑިނަންޑް ރޮމުލްޑޭޒް މާކޮސް ޖޫނިއަރ އަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިންޑަނާއޯއަށް މި ބިންހެލުން އައިސްފައިވަނީ ޖޫން އަށްވަނަ ދުވަހުއެވެ. މި ހާދިސާގައި މަދުވެގެން 19މީހަކު ވަނީ މަރުވެފައެވެ. އަދި 134 މީހަކަސް ވަނީ އަނިޔާވެފައެވެ.

މިމަމުގެ ހިތާމައިގައި ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވަނީ، އެތައް ބައެއްގެ ފުރާނަ ގެއްލި އަދި ގިނަ ބަޔަކު ޒަޚަމްވި މި ނުރައްކާތެރި ބިންހެލުމުގެ ޚަބަރު އަޑުއެއްސެވީ، ފުން ހިތާމައާ އެކުގައި ކަމަށެވެ.

ރައީސްގެ މެސެޖުގައި ވަނީ، ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ނަމުގައި، ފިލިޕީންސްގެ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށާއި، ބިންހެލުމުގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފާޅުކުރައްވާފައެވެ.

މި ކަމުގައި މީހުން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބުވާނޭ ކަމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *