އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވި

ޚާއްސަ ޔުނިޓުތައް އުފެއްދުމަކީ ކުރިއެރުމެއް ނޫން: ޝާހިދު

މުހައްމަދު އަލީ
ޖޫން 30, 2026

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރަން ކޮންމެ މިނިސްޓްރީއެއްގައި ”ޚާއްސަ ޔުނިޓެއް“ އުފެއްދުމަކީ ކުރިއެރުމެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވެފައިވަނީ އެކަން އެގޮތަށް ރުމަކީ ސަރުކާރު ހިންގުމުގެ ނިޒާމު ފެއިލްވެއްޖެ ކަމަށް އަމިއްލައަށް އިޢުތިރާފުވުން ކަމަށެވެ.

ޝާހިދު މިހެން ވިދާޅުވީ މަޝްރޫއުތައް އަވަސް ކުރުމަށް ކޮންމެ މިނިސްޓްރީއެއްގައި ޚާއްސަ ޔުނިޓެއް އުފެއްދުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމާ ގުޅިގެންނެވެ.

”މަޝްރޫއުތައް ބަލާނެ ފަރާތްތަކާއި އެމަސައްކަތް ކުރާނެ ފަރާތްތައް މިހާރުވެސް ނިޒާމުގައި އެބަތިބި. މައްސަލައަކީ ލީޑަޝިޕެއް، ސިޔާސަތެއް އަދި އަމާޒެއް ނެތުން. ކުރަން މިއުޅޭހާވެސް ކަމަކީ އިތުރު ސިޔާސީ ވަޒީފާތައް އުފެއްދުން،“ ޝާހިދު ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވެފައިވަނީ ރައްޔިތުން ބޭނުންވަނީ އިތުރު ޔުނިޓްތަކާއި، ޕޯޓަލްތަކާއި، ކޮމިޓީތަކާއި، ބަހަނާތަކެއް ނޫން ކަމަށެވެ. ”ރައްޔިތުން ބޭނުންވަނީ މަޝްރޫއުތައް ނިމި، ކޮންޓްރެކްޓަރުންނަށް ފައިސާ ލިބި، ވަޢުދުތައް ފުދުން،“ އޭނާ ވިދާޅުވެފައިވެއެވެ.

އޭވަނީ ”މަޝްރޫޢުތައް ހުއްޓާލާފައިވަނީ ސީދާ ސަރުކާރުން“ ކަމަށް ވިދާޅުވެ ބޮޑު ތުހުމަތެއް ކުރައްވާފައެވެ.

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރަން ކޮންމެ މިނިސްޓްރީއެއްގައި ”ޚާއްސަ ޔުނިޓެއް“ އުފެއްދުމަކީ ކުރިއެރުމެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވެފައިވަނީ އެކަން އެގޮތަށް ކުރުމަކީ ސަރުކާރު ހިންގުމުގެ ނިޒާމު ފެއިލްވެއްޖެ ކަމަށް އަމިއްލައަށް އިޢުތިރާފުވުން ކަމަށެވެ.

ޝާހިދު މިހެން ވިދާޅުވީ މަޝްރޫއުތައް އަވަސް ކުރުމަށް ކޮންމެ މިނިސްޓްރީއެއްގައި ޚާއްސަ ޔުނިޓެއް އުފެއްދުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމާ ގުޅިގެންނެވެ.
”މަޝްރޫއުތައް ބަލާނެ ފަރާތްތަކާއި އެމަސައްކަތް ކުރާނެ ފަރާތްތައް މިހާރުވެސް ނިޒާމުގައި އެބަތިބި. މައްސަލައަކީ ލީޑަޝިޕެއް، ސިޔާސަތެއް އަދި އަމާޒެއް ނެތުން. ކުރަން މިއުޅޭހާވެސް ކަމަކީ އިތުރު ސިޔާސީ ވަޒީފާތައް އުފެއްދުން،“ ޝާހިދު ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވެފައިވަނީ ރައްޔިތުން ބޭނުންވަނީ އިތުރު ޔުނިޓްތަކާއި، ޕޯޓަލްތަކާއި، ކޮމިޓީތަކާއި، ބަހަނާތަކެއް ނޫން ކަމަށެވެ. ”ރައްޔިތުން ބޭނުންވަނީ މަޝްރޫއުތައް ނިމި، ކޮންޓްރެކްޓަރުންނަށް ފައިސާ ލިބި، ވަޢުދުތައް ފުދުން،“ އޭނާ ވިދާޅުވެފައިވެއެވެ.
އޭވަނީ ”މަޝްރޫޢުތައް ހުއްޓާލާފައިވަނީ ސީދާ ސަރުކާރުން“ ކަމަށް ވިދާޅުވެ ބޮޑު ތުހުމަތެއް ކުރައްވާފައެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *