ލިޔުންތެރިންނަކީ ތަހުޒީބީ ފިކުރު ދަރީންގެ ހިތްތަކުގައި އަށަގެންނެވި ބައެއް: ހީނާ

ހިރި ނިއުސް
ޖުލައި 8, 2026

ލިޔުންތެރިންނަކީ ތަހުޒީބީ ފިކުރާއި ޤައުމިއްޔަތުގެ ރޫޙު ދަރީންގެ ހިތްތަކުގައި އަށަގެންނެވި ބައެއް ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ލިޔުންތެރިންނަށް ތަހުނިޔާ ފޮނުއްވަމުން ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރެއްވި މެސެޖުގައި ވަޒީރު ދިވެހި ލިޔުންތެރިންނަކީ ރާއްޖޭގެ ފުރަތަމަ މަޖައްލާ ”އަލްއިޞްލާޙު“ގެ ޢިލްމީ މަޒުމޫނުތަކުން ޤައުމު ހޭލުންތެރިކުރުވައި، ”ވާހަކަ ކޮމިޓީ“ގެ އުފެއްދުންތެރިކަމުން ދިވެހިންގެ ކިޔުންތެރިކަމަށް ދިރުންދިން ބައެއް ކަމަށެވެ.

ލިޔުންތެރިންގެ ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ، ޤައުމެއް ތަރައްޤީވެ ކުރިއަރައިދާއިރު، މުޖުތަމަޢުގެ ޢާންމު އަޚުލާޤު ހިފެހެއްޓުމާއި، ދިވެހިބަހާއި އަދަބިއްޔާތު ކުރިއެރުވުމަށް ލިޔުންތެރިން ކުރާ އަގުހުރި މަސައްކަތްތަކުގެ އަގުވަޒަން ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ. ބަސް ދިރުވައި، މުޖުތަމަޢަށް ބޭނުންވާ ހޭލުންތެރިކަން ގެނެސްދިނުމަށްޓަކައި ލިޔުންތެރިކަމުގެ ދާއިރާއަށް އަލަށް ނުކުންނަ ޒުވާން ލިޔުންތެރިންނަށް ހިތްވަރުދީ، ކުރިއަށްދާނެ މަގު ދެއްކުމަކީވެސް މި ދުވަހުގެ މުހިންމު ބޭނުމެއް ކަމަށް ވިދާޅުވެފައިވެއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *