އެމެރިކާގެ ބޯއިންގ ކުންފުނީގެ އައު އުފެއްދުން ޓެސްޓު ކުރުމަށް އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ހުއްދަ ދީފިއެވެ. މިއީ ދުނިޔޭގައި އަލަށް އުފައްދާ އެންމެ ބޮޑު އުދުހޭ ބޯޓެވެ. މިއައު މަރުކާގެ މަތިންދާ ބޯޓަކީ ކުރީގެ ބޯއިންގެ ޖަމްބޯ އާއި އެއަރބަސް އޭ380 ގެ ފަހުން އުފައްދާ އެންމެ ބޮޑު އަދި ތެޔޮ ޚަރަދު ކުޑަ، ދުރު ރާސްތާއަށް ދަތުރު ކުރާ އުދުހޭ ބޯޓެވެ. ކުރީގެ ބޯޓުތަކާ ޚިލާފަށް މިއީ ދެ ފަންގިފިލާގެ އުދުހޭ ބޯޓެއް ނޫނެވެ.
ދެ ފަންގިފިލާއަށް ހަދާފައި ހުންނަ ޑަބަލް ޑެކަރުތަކަކީ، ހަތަރު އިންޖީނުން ދުއްވާ ބޯޓުތަކެވެ. އެއީ ތެޔޮ ޚަރަދު ބޮޑު ބޯޓުތަކެކެވެ. ގިނަ އެއާލައިންތަކުން ހަތަރު އިންޖީނުން ދުއްވާ ބޯޓުތައް ބޭނުމެއް ނޫން ކަމަށް ބުނެއެވެ.
ހަތަރު އިންޖީނުން ދުއްވި ބޮއިންގް 747 ވަނީ ކޯވިޑްގެ ތެރޭގައި ޚިދުމަތުން ރިޓަޔަރ ކޮށްފައެވެ. އަދި އެއާބަސްގެ އޭ380 އުފެއްދުން ވެސް ވަނީ ހުއްޓާލާފައެވެ.
ބޮއިން ކުންފުނިން ބުނަނީ އައު އުދުހޭ ބޯޓުގައި ގޮނޑިތައް ހުންނާ އިކޮނޮމީ ކިލާހުގައިވެސް އަރާމުކޮށް މީހުންނަށް ތިބެވޭގޮތަށް ދުރުކޮށް ތަނަވަސް ކޮށެވެ. އަދި ރާއްޖޭގެ މަންޒަރުތައް ރީއްޗަށް ބަލާ ލެވޭ ގޮތަށް، ކުޑަ ދޮރުތައްވެސް ބޭރު ބަލާލަން ފަސޭހަ ގޮތަކަށް ބޮޑު ކޮށްފައިވާ ވާނެ ކަމަށް ބުނެއެވެ.
ބޯއިންގ ކުންފުނީގެ 777-9 މަރުކާގެ މަތިންދާބޯޓުގައި ދެ ކްލާހަށް ބަލާހާއިގެން 426 ފަސިންޖަރުންނަށް ދަތުރު ކުރެވޭނެއެވެ. އަދި އެއް ދަތުރުގައި 8،400 މޭލު ކަޑައްތު ކުރެވޭނެ ކަމަށްވެސް ބޯއިން އިން ބުނެއެވެ.
އޭގެ މާނައަކީ، 777-9 މަރުކާގެ ބޯޓެއް ރާއްޖެއިން ފުރައިގެން އިތުރު މަންޒިލަކަށް ޖެއްސުމަކާ ނުލައި ސީދާ ލަންޑަނަށް ނޫނީ އެމެރިކާގެ ލޮސްއެންޖެލިސްއަށް ދަތުރު ކުރެވޭނެއެވެ.
އެންމެ ގިނައިން 777-9 މަރުކާގެ ބޯޓުތައް އޯޑަރުކޮށްފައިވަނީ:
| އެމިރޭޓްސް | 205 |
| ޤަތަރު އެއަރވޭސް | 104 |
| ސިންގަޕޫރު އެއަރލައިންސް | 31 |
| ލުފްތަންޒާ | 27 |
| އިންތިހާދު އެއަރވޭޒް | 25 |
| ކެތޭ ޕެސިފިކް | 21 |
| އޯލް ނިޕޮން އެއަރވޭޒް | 20 |
| ކޮރެއަން އެއަރ | 20 |
| ބްރިޓިޝް އެއަރވޭޒް | 18 |
| އެއަރ އިންޑިއާ | 10 |
| އިތިއޮޕިއަން އެއަރލައިންސް | 8 |






