ޙިޒުބުﷲއިން ދިން ކާމިޔާބު ޙަމަލައެއްގައި ޒަޔަނިސްޓު ޔަހޫދީ ސިފައިންގެ 4 މީހަކު މަރާލައިފިއެވެ. އަދި 60އަށް ވުރެން ގިނަ ޒަޔަނިސްޓުން ބޮޑެތި ޒަކަމްތަކާއެކު ހަސްފަތާލަށް ފޮނުވައިފިއެވެ.
މެދު ތެރޭ އިޒްރޭލަށް ދިން ޑްރޯން ޙަމަލާއަކީ މިހާތަނަށް ޙިޒުބުﷲ އިން އަމާޒު ކުރި އެންމެ ކާމިޔާބު ހަމަލައެވެ. މި ޙަމަލާގައި ޑްރޯން އަމާޒުކޮށްފައި ވަނީ އިޒްރޭލުގެ އެންމެ ވަރުގަދަ ސިފައިން ކަމަށްބުނާ ގޯލާން ބްރިގޭޑްގެ ތަމްރީން މަރުކަޒަކަށެވެ. މި ޙަމަލައަށް ޑްރޯން ވަދެގެން އައި އިރުވެސް އިޒްރޭލުގެ ރޭޑާތަކުން އެ ޑްރޯން ހޯދިފައެއް ނުވެއެވެ.
ޙިޒުބުﷲ އިން ބުނެފައި ވަނީ މިފަހަރު ޑްރޯން އުދުއްސުމުގައި ރޭޑާއަށް ނާރާވައްތަރުގެ އައު އުކުޅެއް ބޭނުން ކޮށްފައިވާނެ ކަމަށެވެ. ޒަޔަނިސްޓުން ބުނެފައި ވަނީ މި ޑްރޯން ރޭޑާއަށް ނުފެނި ވަދެގެން އައި ގޮތް ހޯދައި ބަލާނެ ކަމަށެވެ.






