ޑިސެމްބަރ 23, 2024 12:19

ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ އާދަމް ރަމީޒް/ފޮޓޯ އިސްލާމިކް މިނިސްޓްރީ

ސިންގަޕޫރު އެމްބާސީން އަޅުގަނޑަށް ވަޒީފާއެއް ނުދޭ: ރަމީޒް

މުހައްމަދު އަލީ
އޮކްޓޯބަރ 19, 2024

ސިންގަޕޫރުގައި ހުންނަ ދިވެހި އެމްބަސީން ވަޒީފާދިން ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ޚަބަރެއް ކަމަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ އާދަމް ރަމީޒް ވިދާޅުވެއްޖެއެވެ.

”އެއީ ދޮގަށްވުރެ ވެސް ބޮޑު ބުހުތާން ދޮގެއް. އަޅުގަނޑަށް ސިންގަޕޫރު އެމްބަސީން ވަޒީފާއެއް ނުދޭ. އެއީ ކަނޑައެޅިގެން ދޮގު،“ ރަމީޒް ވިދާޅުވިއެވެ.

ކުރިން ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި ރަމީޒް އެމަގާމުން ވަކި ކުރެއްވުމަށްފަހު ދުވަސްކޮޅަކުން ސިންގަޕޫރު އެމްބަސީން ވަޒީފާ ހަމަޖައްސަވައި މުސާރައަށް މަހަކު އެގާރަހާސް ޑޮލަރު ދޭ ކަމަށް މީޑިއާގައި ވަނީ ޚަބަރު ފެތުރައިފައެވެ.

ރަމީޒަކީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ކުރިން ވަރަށްގާތް ބޭފުޅެއް ކަމަށް އެނގިފައިވެއެވެ.

 

މި ލިޔުމާ ގުޅޭ