އޮންލައިން އިލެކްޓްރޯނިކް އިންތިފާޟާގެ ވެބްސައިޓްގެ އެސިސްޓެންޓް އެޑިޓަރގެ ގެއަށް އިނގިރޭސި ފުލުހުން ރެއިޑް ކޮށްފިއެވެ. އެމީހުން ބުނެފައި ވަނީ އޭނާއަކީ ފަލަސްޠީނަށް ތާއީދު ކުރާ ނޫސްވެރިއެއްކަން އެނގޭ ކަމަށެވެ. ނަމަވެސް ޓެރަރިސްޓް އަމަލުތައް ހިންގާކަމަށް އޭނާއަށް ތުހުމަތު ކުރެވެނީކަމަށެވެ.
އިލެކްޓްރޯނިކް އިންތިފާޟާއަކީ ފަލަސްތީނަށް ތާއީދުކޮށް އެމެރިކާގައި ހިންގާ ވެބްސައިޓެކެވެ.
ނޫސްވެރިޔާ އާސާ ވިންސްޓަންލީ މަޝްހޫރުވެފައިވަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނަށް ފާޑު ކިޔާ މީހެއްގެ ގޮތުގައެވެ.