ދެކުނު ކޮރެއާ މަހާރެހެނދި ނުފޫޒު ފޯރުވައި ޕެނަޑޯލް ބައްސަވަނީ

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 22, 2024

ދެކުނު ކޮރެއާގެ މަހާރެނދި އެކަމަނާގެ މަސްއޫލިއްޔަތަށް ވުރެން އިތުރު ކަންކަމާ ބެހި ވަޑައިގެން އުޅުއްވާތީ އެކަމަނާގެ ހަރަކާތައް ކޮންޓްރޯލު ކޮށްދެއްވުމަށް ވެރިކަން ކުރާ ޕާޓީން ރައީސަށް ދަންނަވައިފިއެވެ.

ވެރިކަން ކުރާ ޕީޕަލްސް ޕަވާ ޕާޓީގެ ރައީސް ހެން ޑޮން ހޫން، ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް އަށް އިލްތިމާސް ކުރެއްވީ ފަސްޓް ލޭޑީ ކިމް ކިއޮން ހީއާ ގުޅޭ ގޮތުން އާންމުންގެ ކަންބޮޑުވުންތައް ހައްލު ކޮށް ދެއްވުމަށެވެ.

އަދި ފަސްޓް ލޭޑީގެ ބައެއް ނުފޫޒުގަދަ ސްޓާފުން ބަދަލު ކޮށްދެއްވުމަށާއި ގަނޑުވަރުގެ އިދާރީ ކަންކަން އިންތިޒާމު ކުރުމަށް ކޮންޓްރޯލަރ ޖެނަރަލެއް ލެއްވުމަށްވެސް ރައީސް އޮފީހުގައި އޮތް 80 މިނެޓްގެ ބައްދަލުވުމުގައި ޕީޕީޕީގެ ރައީސް އެދިވަޑައިގަތެވެ.

މި މަޝްވަރާގެ ވާހަކަތައް ވަނީ ކޮރެއާގެ ޕާލަމެންޓާ ވެސް ޙިއްސާ ކޮށްފައެވެ.

ދެކުނު ކޮރެއާގެ ފަސްޓް ލޭޑީއަށް އާންމުން ތުހުމަތުކޮށްފައިވާ ގޮތުގައި އެކަމަނާ ވަނީ އަގު ބޮޑު ޑިއޯރ އަތް ދަބަހެއްވެސް ހަދިޔާގެ ގޮތުގައި އެމެރިކާގެ ނަސޯރާ ފާދިރީއެއްގެ އަތުން ހޯއްދަވާފައެވެ. އަދި ޙިއްސާގެ ބާޒާރަށް ނުފޫޒު ފޯރުއްވި ކަމަށްވެސް ތުހުމަތު ކުރެވެއެވެ. އޭގެ އިތުރުން ވެރިކަން ކުރާ ޕާޓީން އާންމު އިންތިޚާބަށް ނެރޭ ކެންޑިޑޭޓުން ހޮވުމުގެ މަސައްކަތަށް ނުފޯޒު ފޯރުވުމާއި ޕެނަޑޯލް ބެހުންވެސް ހިމެނެއެވެ.

މި ލިޔުމާ ގުޅޭ