ސްޓޭޓް އޯގަންގެ ނަމުން ހަދާފައިވާ ޑޮކިއުމެންޓްރީއަށް ސަމާލުކަން ލިބިފައި ވެއެވެ. މި ޑޮކިއުމެންޓްރީ ވަނީ އެމެރިކާގެ ޑެލްވެއަރގައި އާންމުކޮށް ދައްކާލާފައެވެ. ޗައިނާއާ ދެކޮޅަށް ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީގައި ދައްކަނީ ބައިމަދު ފުލާންގޮންގ ދީނީ ޖަމާއަތުގެ މީހުންނާ މެދު ޗައިނާ ސަރުކާރުން މުއާމަލާތު ކުރާ ގޮތެވެ.
މި ޑޮކިއުމެންޓުގެ ނާރެހަކީ ފުލާން ގޮންގް ދީނީ ޖަމާއަތުގެ މީހެކެވެ، އޭނާއަކީ ޗައިނާއިން ހައްޔަރުކޮށް ޖަލަށް ލީ މީހެއްކަމަށް ބުނެއެވެ. ޖަލުގައި އޭނާގެ ބައެއް ގުނަވަންތައް ވަގަށް ނެގިކަމަށް ކިޔައި ދެމުން އޭނާ ބުނަނީ ޖަލުން މިނިވަންވެ ޗައިނާއިން ފިލައިގެން އޭނާ ސަލާމަތް އެސަބަބާ ހެދިއެވެ.
ސްޓޭޓް އޯގަން ޑޮކިއުމެންޓްރީ ބެލި ބައެއް މީހުން ވަނީ އެމީހުންގެ އޯގަން ތްރާންސްޕްލާންޓްގެ ތަޖުރިބާވެސް ކިޔައި ދީފައެވެ. ޗައިނާގައި ފަސޭހައިން އަވަހަށް އިންދާލަން ގުނަވަންތައް ލިބޭކަމާއި އެކަން އެހެން ދިމާވަނީ ކުށްވެރިންގެ ގުނަވަންތައް ނަގާތީކަމަށް ތުހުމަތުކޮށްފައި ވެއެވެ.
މި ޑޮކިއުމެންޓްރީގައި ގެނަސްދީފައިވާ ވާހަކަތަކާއި އެފަރާތަށް ސަޕޯޓުކޮށް ވާހަކަ ދެއްކި މީހުންގެ އިތުރުން އެހެން ފަރާތެއްގެ ވާހަކަ ގެނަސްދީފައި ނުވުމުން މިވާހައިގެ ތެދު ދޮގު ސާފެއް ނޫނެވެ. ނަމވެސް ޑޮކިއުމެންޓްރީ ވަނީ މަގްބޫލު ވެގެން ވަނަވެސް ހޯދާފައެވެ.