ޑިސެމްބަރ 23, 2024 13:13

ބްރިކްސް ޖަމާއަތަށް އިންޑިއާއިން އެއްބާރުލުން ދޭނެ

އަބްދުލް މުހުސިން
އޮކްޓޯބަރ 23, 2024

އިންޑިއާއިން ބްރިކްސް ގްރޫޕަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އިންޑިއާ ބޮޑު ވަޒިރު ނަރެންދްރަ މޮދީ ކާޒާންގެ ސަމިޓްގައި ދެއްވައިފިއެވެ.

ކާޒާންއަށް ފަހު ބްރިކްސްގެ ސަމިޓެއް ދެން އޮންނާނީ ބްރަޒިލްގައެވެ.

މިއަދު މޮދީ ދެއްވި ތަޤްރީރުގައި އޭނާ ވަނީ ބްރިކްސްގެ ދައުރަށް ތައުރީފު ކުރައްވާފައެވެ. އަދި އަލަށް ބްރިކްސްގައި ބައިވެރިވި މެމްބަރުންނާއެކު އެ ޖަމާއަތަކީ، ދުނިޔޭގެ މީހުންގެ 40 ޕަސެންޓު ކަމަށާއި އަދި އެއީ، ދުނިޔޭގެ އިގްތިސާދުގެ 30 ޕަސެންޓް ތަމްސީލުކުރާ 30 ޓްރިލިއަން ޑޮލަރަށް ވުރެ ބޮޑު އިގްތިސާދެއް ކަމަށެވެ.

މޮދީ ވަނީ، އިގްތިސާދީ އެއްބާރުލުން އިތުރުކުރުމަށް ބްރިކްސް ބިޒްނަސް ކައުންސިލާއި ބްރިކްސް ވިމެން ބިޒްނަސް އެލަޔަންސް އިން ހާއްސަ ދައުރެއް އަދާކޮށްފައިވާކަން ވެސް ފާހަގަ ކުރައްވާފައެވެ. އޭގެ އިތުރުން، ތަފަތު ލޮޅުންތަކަށް ނުގުޑާވަރުގެ ވަރުގަދަ، ސަޕްލައި ޗޭނެއް އޮތުމުންނާއި، އީ-ކޮމާސް އަދި ސްޕެޝަލް އިކޮނޮމިކް ޒޯންތަކުގެ ސަބަބުން ބްރިކްސްގެ ޤައުމުތަކުގެ އިގްތިސާދީ އެއްބާރުލުން ވަރުގަދަވާނެ ކަމަށް ވިދާޅުވެފައެވެ.

”މި ހުރިހާ ކަމެއްގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ސިނާއަތްތަކުގެ މަސްލަހަތަށް ވެސް ސަމާލުކަން ދޭން ޖެހޭ. 2021 ވަނަ އަހަރު އިންޑިއާގެ ޗެއާމަންޝިޕްގައި ހުށަހެޅި ބްރިކްސް ސްޓާޓްއަޕް ފޯރަމް މިއަހަރު އިފްތިތާހު ކުރެވޭތީ އުފާކުރަން.“ ބްރިކްސް ލީޑަރުންގެ ސަމިޓުގައި ތަޤްރީރު ކުރައްވަމުން، މޯދީ ވިދާޅުވި އެވެ.

މި ލިޔުމާ ގުޅޭ