އިންޑިއާއަކީ އދގެ ސުލްހަ ބަލަހައްޓާ ލަޝްކަރިގެ މުހިންމު ބައެކެވެ. އަދި އިންޑިއާއިން ވަކާލާތު ކުރަނީ އިންޑިއާއަކީ ދުނިޔޭގެ ދެކުނު ބިތުގެ އަޑު ކަމަށެވެ. މިވާހަކައާއެކު އިންޑިއާއިން އިޒްރޭލަށް ހަތިޔާރު ފޯރުވައިވެސް އެދެއެވެ. އަދި އެހީގެ ސާމާނު ފަލަސްތީނާއި ލުބުނާނަށް ފޮނުވައި ވެސް ދެއެވެ.
ސިއެރާލިއޯންގެ އަހުލީ ހަނގުރާމައިގައި ސުލްހަ ބަލަހައްތައި ދިނުމަށް 1990 ގެ އަހަރުތަކުގެ ފަހުކޮޅު އދގެ ލަޝްކަރަށް ސިފައިން ފޮނުވައި ދިނީވެސް އިންޑިއާއިންނެވެ.
ދުނިޔޭގެ އުނދަގޫ ތަންތަނުގައި ސުލްހަވެރިކަން ބެލެހެއްޓުމުގެ ރަނގަޅު ރެކޯޑެއް އިންޑިއާގެ އޮވެއެވެ.
އިންޑިއާއިން ވަނީ ޓެކްނޮލޮޖީއާއި އިގްތިސާދީ ތަރައްގީގައި ބޮޑެތި ކުރިއެރުންތަކެއް ހޯދުމުގެ އިތުރުން އިންސާނިއްޔަތަށް އާންމު ފައިދާއެއްގެ ގޮތުގައި އިންޑިއާގެ ތެކްނޮލޮޖީ ހިލޭ ދޭންވެސް ނިންމާފައެވެ. ހަމައެފަދައޮްނ އިންޑިއާއަކީ، ދުނިޔޭގެ ވިޔަފާރިއާއި ސައިބަރ ސެކިއުރިޓީގައި މުހިއްމު ދައުރެއް އަދާކުރާ ފަރާތެއްވެސް މެއެވެ.
އިންޑިއާއަށް މި ވަގުތު އެންމެ މުހިންމު މަސައްކަތަކީ އިންޑިއާގެ އަސްކަރީ ގާބިލުކަން އިތުރު ކުރުމަށް އެމެރިކާގެ އަސްކަރީ ޓެކްނޮލޮޖީ ލިބުމާއި، ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުކަމަށް އިންޑިއާއަށް ލިބުމެވެ.
އިންޑިއާއަށް އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ގޮނޑިއެއް ލިއްބައިދިނުމަށް ގިނަ ޤައުމުތަކުން ތާއީދު ކުރެއެވެ. ޤައުމުތަކުން އިންޑިއާއަށް މިފަދައިން ހެޔޮ ބަސްތައް ރައްދުކޮށް، އެންޑޯސްމަންޓްތަކުން ދައްކުވައިދެނީ އިންޑިއާގެ ސްޓްރެޓެޖިކް މުހިންމުކަމާއި ޑިޕްލޮމެޓިކް ބާރު ބޮޑުވަމުންދާ ކަމެވެ.
ގިނަ ގައުމުތަކުން ދެކޭ ގޮތުގައި އިންޑިއާ ސަލާމަތީ މަޖިލީހުގައި ހިމެނުމަކީ، ދުނިޔޭގެ ރައްކާތެރިކަމާއި ޒަމާނީ ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމަށް ވަރަށް މުހިންމު ބާރަކަށް ވާނެ ފަރާތެކެވެ.






