އެފްރިކާއާއި ޕެސިފިކުން އިންސާނުން އަޅުދާސްކޮށް ވިއްކާލުމާއި ބިންތައް ހިފައި އިސްތިއުމާރު ކުރި މައްސަލާގައި އިނގިރޭސިން ބަދަލު ދޭން ޖެހޭނެކަމަށް ކޮމަންވެލްތުގެ ބައެއް ޤައުމުތަކުން ޤަބޫލު ކުރެއެވެ. ސަމޮއާގައި ކޮމަންވެލްތުގެ ވެރިންގެ މަހާސިންތާގައި ކުރެވޭ މަޝްވަރާގައި އިނގިރޭސިވިލާތުގެ ކުރީގެ އިސްތިއުމާރީ ކޮލޮނީ ތަކަށް ފައިސާގެ ބަދަލެއް ދޭން އިނގިރޭސި ބޮޑު ވަޒީރު ކޭއާ ސްޓާމަރ ބޭނުން ފުޅެއް ނުވެއެވެ. ނަމަވެސް މާލީ ބަދަލެއް ފިޔަވައި، ދަރަނި މަޢާފް ކޮށްދިނުންފަދަ ފިޔަވަޅުތަކާ މެދު މަޝްވަރާ ކުރަން އިނގިރޭސި ސަރުކާރު ތައްޔާރަށް އޮތް ކަމަށް ގާޑިއަން ނޫހުން ބުނެއެވެ.
އިނގިރޭސިން އެފްރިކާއިން އިންސާނުން ވަގަށް ނަގައިގެން، އެޓްލާންޓިކް ހުރަސްކޮށް އެމެރިކާއަށް ގެންގޮސްގެން އަޅުންގެ ވިޔަފާރިކޮށް އުޅުނެވެ. އަދި ފެސިފިކުގެ ޖަޒީރާތަކުން މީހުން ވަގަށް ނަގައިގެން ގޮސް އޮސްޓްރޭލިއާއަށް އަޅުންގެ ގޮތުގައި ވިއްކާފައި ވެއެވެ.
ކޮމަންވެލްތުގެ ބައެއް ޤައުމުތަކުން ބޭނުންވަނީ އިނގިރޭސި ސަރުކާރުން މާލީ ބަދަލެއް ހޯދާށެވެ.






