ޓައިވާން ކަނޑުއޮޅީގެ އަމާންކަން ނަގާލުމަށް އެމެރިކާ މަސައްކަތް ކުރޭ

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 27, 2024

އިރުމަތީ ޗައިނާ ކަނޑާއި ޓައިވާން ކަނޑުއޮޅީގައި އަސްކަރީ ވާދަވެރިކަން އިތުރުކުރުމަށް އެމެރިކާއިން ޓައިވާނަށް ހަޔިޔާރު ވިއްކުމަށް ނިންމި ނިންމުން ޗައިނާ އިން ކުށްވެރިކޮށްފިއެވެ. އެމެރިކާއިން ވަނީ ޓައިވާނަށް 1.988 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ނިންމާފައެވެ.

ޗައިނާއިން ބުނެފައި ވަނީ މިއީ ޗައިނާގެ އިސްތިޤްލާލާއި އެއް ޗައިނާ ސިޔާސަތާ ފުށުއަރާ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޓައިވާން ކަނޑު އޮޅީގެ ސުލްޙަމަސަލަސްކަން ނަގާލެވޭނެ ކަމަށެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ ”ޗައިނާގެ ޓައިވާން ސަރަހައްދަށް އެމެރިކާއިން ހަތިޔާރު ވިއްކުމަކީ އެއް ޗައިނާގެ އުސޫލާއި ޗައިނާއާއި އެމެރިކާ ގުޅިފައިވާ ޖޮއިންޓް ތިން ކޮމިއުނިކޭއާ ޚިލާފު އަމަލެއް“ ކަމަށެވެ.

”ޗައިނާއިން އެމެރިކާއަށް އިލްތިމާސް ކުރަނީ ޓައިވާނަށް ހަތިޔާރު ސަޕްލައިކުރުން ވަގުތުން ހުއްޓާލައި، ޓައިވާން ކަނޑުއޮޅީގެ ސުލްހައާއި ހަމަޖެހުމަށް ބުރޫއަރާ ނުރައްކާތެރި ފިޔަވަޅުތައް ވަގުތުން ހުއްޓާލުމަށް“ ޗައިނާއިން ބުންޏެވެ.

އެމެރިކާއިން ވިއްކާ 1.988 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނުގައި ރާޑަރ ސިސްޓަމްތަކާއި ސަރފޭސް ޓު އެއާ މިސައިލް ސިސްޓަމްތައް ހިމެނެއެވެ.

މި ލިޔުމާ ގުޅޭ