ރަޝިޔާގެ ސަފީރު ފޮރިން މިނިސްޓްރީގައި ބައްދަލުވުމެއް ބާއްވަވައިފި

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 27, 2024

ރަޝިޔާގެ ސަފީރު ލެވާން ޖަގަރިއާން އާއި އެކު މާލޭގައި ހުންނަވާ ރަޝިޔާގެ ކޮންސުލް ޖެނެރަލް އެލެކްސީ އިޑަމްކިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މިއަދު ސެކްރެޓަރީ ބައިލެޓަރަލް ފޯ ފޮރިން އެފެއާޒް ޑރ. ހާލާ ހަމީދާ ބައްދަލު ކުރައްވައިފިއެވެ.

ރަޝިޔާ އާއި ރާއްޖޭގެ ގުޅުމުގެ ތާރީޚުގައި ރަޝިޔާގެ ފުރަތަމަ ދާއިމީ ޑިޕްލޮމެޓިކް މިޝަން ރާއްޖޭގައި ގާއިމް ކުރުމަށް ރަޝިޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ. ރާއްޖޭގައި ރަޝިޔާ ތަމްސީލު ކުރައްވާނީ  އިޑަމްކިން އެވެ.

ކޮލޮމްބޯގައި ހުންނަ ރާއްޖެއަށް ކަނޑައަޅާފައިޥާ ރަޝިޔާ އެމްބަސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މި މިޝަން ހުޅުވުމުގެ ސަބަބުން ރަޝިޔާއާއި ރާއްޖެއާ ދެމެދު ސަގާފީ ގޮތުން އޮންނަ އެކުވެރި ގުޅުމަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މި ބައްދަލު ކުރެއްވުމުގައި ރަޝިޔާ ސަފީރު ވަނީ، ޔޫކްރޭންގެ މިހާރުގެ ހާލަތާ ބެހޭ މައުލޫމާތު ވެސް ޑރ. ހާލާ ހަމީދާ ހިއްސާ ކުރައްވާފައެވެ. އަދި ރަޝިޔާއިން ސުލްޙައަށް ކުރާ މަސައްކަތުގެ މަޢުލޫމާތުވެސް ހިއްސާ ކުރެއްވިއެވެ. އެމްބެސެޑަރު ވިދާޅުވީ، ޔުކްރެއިންގެ ހަމަނުޖެހުމަށް ދާއިމީ ސުލްޙައެއް ގެނައުމަށް، ރަޝިޔާއިން މަޝްވަރާ ކުރާނީ، ރަޝިޔާގެ ރައީސް މިއަހަރުގެ ޖޫން 14 ގައި އިޢުލާން ކުރެއްވި ޝަރުތުތަކުގެ އަލީގައި ކަމަށެވެ.

މި ލިޔުމާ ގުޅޭ