ޖަރުމަނުން ޔުކްރެއިން ހަތިޔާރު އުފައްދާ ފެކްޓްރީއަށް ރަޝިޔާއިން ހަމަލަ ދޭނެ

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 28, 2024

ރަޝިޔާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭވް ވަނީ ޔުކްރެއިން ގައި ހަދާފައިވާ ޖަރުމަނުގެ ކުންފުނި ރެއިންމެޓަލްގެ އާ ހަތިޔާރު އުފައްދާ ފެސިލިޓީގައި ހަވާއެރުމެއް، ”ފަޔަރވޯކްސް ޑިސްޕްލޭ“ އެއް ބާއްވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ. ޔުކްރެއިންގައި ހިންގާ ކުލީ ހަނގުރާމައަށް ހަތިޔާރު ދިނުމަށް އެ ކުންފުނީގެ އެއް ޕްރޮޑަކްޝަން ޕްލާންޓް މިހާރު ވެސް ޔުކްރެއިންގައި ހިންގަ އެވެ.

ޖަރުމަނުގެ އެންމެ ބޮޑު ހަތިޔާރު އުފައްދާ ކުންފުނިން ވަނީ މިއަހަރުގެ ކުރީކޮޅު ޔުކްރެއިން ސަރުކާރުގެ ޔޫކްރޮބޮރޮންޕްރޮމް ޑިފެންސް ގްރޫޕާއެކު ޖޮއިންޓް ވެންޗާއެއް އުފެއްދުމުގެ ޕްލޭންތައް ފައިނަލްކޮށްފަ އެވެ. ޕާޓްނަޝިޕް އެއްބަސްވުމުގެ ތެރެއިން ޖަރުމަން ލިއޮޕާޑް ޓެންކްތަކާއި ގިނަ އަދަދެއްގެ ހަތިޔާރު އުފައްދާ ރެއިންމެޓަލް އިން ވަނީ ޔޫކްރޭންގައި ހަތަރު ފެކްޓްރީއެއް އަޅާނެ ކަމަށް ބުނެފަ އެވެ.

މި އިއުލާނަށް ރައްދުދީ މޮސްކޯއިން ވަނީ މިފަދަ ފެސިލިޓީތަކަކީ ރަޝިޔާގެ ހަމަލާތަކުގެ ”ހުއްދަ އަމާޒުތަކެއް“ ކަމަށް ބަލާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.

ރެއިންމެޓަލްގެ ޑިރެކްޓަރު އާމިން ޕެޕަރޖާ ވަނީ ޔޫކްރޭނުގައި ”ފުރަތަމަ ޕްލާންޓް މިހާރު ވެސް ތައްޔާރުވެފައިވާ“ ކަން ކަށަވަރުކޮށްދީފަ އެވެ.

”ފުރަތަމަ ޕްލާންޓް މިހާރުވެސް ހިންގަމުން އެބަދޭ،“ ޔޫކްރޭންގެ ނިއުސް ޗެނަލް ޓީއެސްއެން އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ. ”ޔޫކްރޭންގެ ޑިފެންސް އިންޑަސްޓްރީއަކީ އަހަރެމެންގެ ބައިވެރިޔާ.“ އޭނާ ތަފްސީލުކޮށްދިނެވެ.

މެޑްވެޑޭވް ވަނީ މި އައު ޕްލާންޓަށް ރަޝިޔާއިން އަމާޒު ކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ޖަރުމަން ކުންފުނިން ވަނީ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން އެކުންފުނީގެ ފައިދާ 2024ގައި އިތުރު ވެފައިވާ ކަމަށް ބުނެފައެވެ. މިއަހަރު އެކުންފުނީގެ ފައިދާއަކީ 65 ބިލިއަން އެމެރިކާ ޑޮލަރު ކަމަށް އޭނާ ބުނެއެވެ.

މި ލިޔުމާ ގުޅޭ