ޤާނޫނާއި ޤަވާޢިދު ނަގާލުމުގައި ދުނިޔޭގެ 142 ޤައުމުގެ ތެރެއިން ޕާކިސްތާން ހިމެނިފައިވަނީ ތިންވަނައަށް އެންމެ ގޯސް ޤައުމު ކަމަށް އާ ރިޕޯޓެއްގައި ބުނެފިއެވެ.
ވޯލްޑް ޖަސްޓިސް ޕްރޮޖެކްޓް (ޑަބްލިއުޖޭޕީ) ގެ ރޫލް އޮފް ލޯ އިންޑެކްސް އަކީ އަހަރަކު އެއްފަހަރު ބާއްވާ ސާވޭއެކެވެ. މި ސާވޭގައި ގައުމުތައް ރޭންކް ކުރަނީ އަށް ކަމެއްގެ މައްޗަށެވެ .
2024 ވަނަ އަހަރުގެ އެޑިޝަންގައި ޕާކިސްތާނުން އޮތީ އޯޑަރ އެންޑް ސެކިއުރިޓީގެ ދާއިރާއިން 140 ވަނައިގައެވެ. އެ ރިޕޯޓުގައި ތިން ކަމެއް މިންކޮށްފައި ވެއެވެ. އެއީ، ކުށް ކޮންޓްރޯލްކުރުމާއި ހަތިޔާރު އެޅި ހަމަނުޖެހުންތަކުން ރައްކާތެރިވުމާއި މަދަނީ މައްސަލަތައް ހައްލުކުރުމަށް އަނިޔާވެރިކަން ބޭނުންކުރުމެވެ.
ޤާނޫނާއި ޤަވާޢިދު ނަގާލުމުގައި ޕާކިސްތާނަށްވުރެ ދަށުގައި އޮތީ ހަމައެކަނި މާލީއާއި ނައިޖީރިއާއެވެ.






