ސަލާމަތީ ޚިދުމަތް ތަރައްގީ ކުރެވޭނީ ގާބިލް ޒުވާނުންނަށް ފުރުސަތު ލިބިގެން: ޝާހިދު

މުހައްމަދު އަލީ
ނޮވެމްބަރ 6, 2024

ސަލާމަތީ ޚިދުމަތްތައް ޒަމާނާ އެއްގޮތަށް ތަރައްގީކޮށް ކުރިޔަށް ގެންދެވޭނީ ޢިލްމީ އަދި ގާބިލު ޒުވާނުންނަށްވެސް އެޚިދުމަތް ކުރުމަށް ފުރުސަތު ލިބިގެން ކަމަށް ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އޯލެވެލް އިމްތިހާނު ގައި ރަނގަޅު ނަތީޖާއެއް ޙާސިލު ނުވާ ކުދިންނަށް އެކުއްޖެއްގެ ޝައުޤުވެރިކަން ހުރި ދާއިރާ އަކުން އިތުރު ތަމުރީނާއި ހުނަރުތައް ލިބޭނޭމަގު ފަހިކޮށްދޭންޖެހޭ ކަމަށެވެ. އެފުރުސަތު ދީ ގައުމުގެ ތަރައްގީގައި ބައިވެރިވެ ޝާމިލުވެވޭ ގޮތަށް ޖާގަ އޮތުމަކީ އެފަދަ ޒުވާނުންގެ އުންމީދުތަކުގައި ހަގީގީ ކުލަޖެހިގެންދާނޭ މަގު ކަމަށްވެސް ވިދާޅުވެފައިވެއެވެ.

”ރާއްޖޭގެ އަދުގެ ހަގީގީ ހާލަތަކީ އެއްވެސް މަޖުބޫރުކަމެއްނެތި ސަލާމަތީ ޚިދުމަތްތަކުން ފުރުސަތަށް އެދި އެތަށް ހާސް ޒުވާނުނެއް ވަޒީފާއަކަށް އެދި އެދި ތިބިކަން،“

ވަކިދާއިރާއަކުން ޚިދުމަތް ކުރަން މަޖުބޫރުކުރުމަކީ ޑިމޮކްރަޓިކް ނިޒާމާއި ބީރައްޓެހި ގޮތެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ރާއްޖޭގައި އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް އޮތް ރަނގަޅު ގޮތަކީ ޒުވާނުނުންގެ ހުނަރުތައް ތަރައްގީ ކުރުމަށް މަގުފަހިކޮށްދިނުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެކަމަށް ބޭނުންވަނީ ވަސީލަތްތައް ހޯދައިދިނުމާއި، ފުރުސަތު އިތުރުކޮށްދިނުން ކަމަށްވެސް ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ