ޖަޕާނުގައި މީހުންގެ ދަރިމައިވުން ދަށަށް ދިއުމާ ގުޅިގެން ސަރުކާރުން ވަނީ ކުދިން ހޯދުމަށް މަސައްކަތް ކުރުމަށް ހިތްވަރު ދިނުމަށް ޚާއްސަ ޕްރޮގްރާމުތަކެއް ފަށާފައެވެ. އެއާއެކުވެސް މީހުން ގައިގޯޅިވާކަށެއް ނޫޅުނެވެ. އެހެންވެ ބެލެވިފައި އޮތީ މާއްދީ މައްސަލަތަކުގެ ފިއްތުންތަކާ ހެދި ޖަޕާން މީހުން ބޯހާސްކަމެއްގައި އުޅެނީ ކަމަށެވެ.
މި ވިސްނުމުގައި ތިއްބައި ޖަޕާނުގެ އޮސާކާ ސިޓީ ހައިރާން ކޮށްލީ މުޅިންވެސް އާދަޔާ ޚިލާފް ވާހަކައަކުންނެވެ.
ރެސްޓޯރެންޓަކުން އާދަވެގެން ކައި އުޅޭ އަންހެން ކަސްޓަމަރުންތަކަކަށް ފައިސާ ނުދެއްކިގެން، ރެސްޓޯރެންޓްގެ ވެރިޔާ ވަނީ، އެމީހުންގެ ދަރަނި ދެއްކުމަށް ފައިސާ ހޯދުމަށް ނާސިގެ ހިންގާ މީހަކާ މި ކަސްޓަމަރުން ހަވާލު ކޮށްފައެވެ.
ނާސިގެ ހިންގާ، އުމުރުން 31 އަހަރުގެ ޒުވާނާގެ ވިޔަފާރި ރަނގަޅުކަމުން އެނގުނީ ކުރިން ހީކުރެވުނު ގޮތާ ޚިލާފަށް ޖަޕާނު މީހުންގެ ޝަހުވަތުވެސް ދުޅަހެޔޮ ކަމަށެވެ!
ފުލުހުން ވަނީ މި ޒުވާނާއާއި އޭނާއަށް ނާސިގެ ހިންގުމަށް ހިތްވަރު ދިން 4 މީހުން ހައްޔަރުކޮށްފައެވެ. މިމީހުން ފައިސާ ހޯދުމަށް ބޭނުންކުރި، ރެސްޓޯރެންޓަށް ފައިސާ ނުދެއްކުނު 150 ކަސްޓަމަރުންވެސް ފުލުހުން ވަނީ ބުރަ މަސައްކަތުގައި ކަތޮޅުއެޅިފައި ތިއްބައި މިންޖު ކޮށްދީފައެވެ.
ޖަޕާން ފެމިލީ ޕްލޭނިންގ އެސޯސިއޭޝަންގެ ސާވޭއެއްގައި ބުނެފައި ވަނީ ޖަޕާނުގެ ދެމަފިރިން މަސައްކަތަށް ގައިގޯޅި ނުވެ މަސްދުވަސްވެސް ފާއިތުގެންދާ ކަމަށެވެ. މއީ އެފަދަ 9 ވަނަ ސާވޭ އެވެ. އަދި މި ސާވޭއަކީ ކޮންމެ އަހަރަކުވެސް އުމުރުން 16އާއި އޮނަފަންސާހުގެ މީހުންނަށް ހިންގާ ސާވޭއެކެވެ. ފަށާ އުމުރަކީ 16 އަހަރު ކަމަށް ހަމަޖައްސާފައިވަނީ ކީއްވެގެން ސާފެއް ނޫނެވެ.






