އަޅުގަނޑުގެ އާ ވެރިކަމުގައި އެއްވެސް ދަރިއަކު ނުހިމަނާނަން: ޓްރަމްޕް:

އިބްރާހީމްް ސަމީރު
ނޮވެމްބަރ 6, 2024

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ފޮކްސް ނިއުސްއަށް ވިދާޅުވީ އޭނާގެ ފުރަތަމަ ދައުރާ ހިލާފަށް އޭނާގެ އާ ވެރިކަމުގައި އެއްވެސް ދަރިއަކު ނުހިމެނުއްވާނެ ކަމުގައެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ ”އެއީ އާއިލާއަށް ވަރަށް ވޭންދެނިވި ކަމެއް. އަޅުގަނޑުގެ އާއިލާ ވަނީ އުދަގޫ ދުވަސްތަކެއް ތަހައްމަލުކޮށްފައި“ ކަމަށެވެ.

ޓްރަމްޕްގެ ކެމްޕޭނުން ވަނީ ޓްރަމްޕްގެ މި ކާމިޔާބީއަކީ ”ތާރީހުގައި ވެސް ސިޔާސީ ގޮތުން ލިބުނު އެންމެ ބޮޑު ކާމިޔާބީ“ ކަމަށް ސިފަކޮށްފަ އެވެ.

އެމެރިކާގެ ރިއާސަތުގައި ވެރިކަން ކުރުމަށް ފަހުން މެދަށް ދައުރެއް ދޫކޮށްފައި މިހާތަނަށް އަލުން ވެރިކަން ކުރީ ޓްރަމްޕް ފިޔަވައި އެންމެ ރައީސެކެވެ.

މި ލިޔުމާ ގުޅޭ