ޓްރަމްޕް ހުދު ފޮތިކޮޅަކަށް ވެއްޖެ

އިބްރާހީމްް ސަމީރު
ނޮވެމްބަރ 6, 2024

ޓްރަމްޕްގެ މައްޗަށް 34 ޖިނާއީ ދައުވާއެއް އުފުލާފައި ވެއެވެ. އަދި ތިން ދައުވާއެއް ގެ ހުކުމް އިއްވަން ވެސް އޮތީ ހަމަޖެހިފައެވެ. ޓްރަމްޕް އިންތިޚާބު ކާމިޔާބު ނުކުރެއްވިނަމަ އޭނާއަށް އޮތީ ޖަލު ޙުކުމެވެ. ނަމަވެސް ވެރިކަން ހޯއްދެވުމުން އޭނާ ވަނީ ސަލާމަތްވެ ވަޑައިގެންފައެވެ.

ޓްރަމްޕަށް 3 ދައުވާގައި ހުކުމް ކުރަން އޮތީ އިންތިޚާބު ނިމޭތާ 3 ދުވަސް ފަހުންނެވެ.

ޓްރަމްޕްގެ ގާނޫނީ ޓީމުން ވަނީ އޭނާގެ ޖިނާއީ ޝަރީއަތްތައް އިންތިޚާބަށް ފަހަށް ބާއްވައި ދިނުމަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ. އަދި އެކަމުގައި ކާމިޔާބުވެސް ވެފައެވެ.

މިހާރު ބެލެވޭ ގޮތުގައި ޓްރަމްޕް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމުން މި ޝަރީއަތްތައް ދާއިމީކޮށް ނިމުމަކަށް އައީ އެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުގެ ސިޔާސަތު އޮންނަ ގޮތުން ވެރިކަމުގައި ހުންނަވާ ރައީސުގެ މައްޗަށް ދައުވާކުރުމެއް ނޯވެއެވެ.

ޓްރަމްޕްގެ މިނިވަންކަމަށް އެންމެ ބޮޑު ނުރައްކަލެއް ކުރިމަތި ވެފައި ވަނީ އޮރިޔާން ފިލްމު ކުޅުނު ސްޓޯމީ ޑެނިއެލްއާއެކު ބަދުއަޚުލާގީ އަމަލު ހިންގާފައި އެކަން ސިއްރު ކުރުމަށް އޭނާއަށް 2016 ވަނަ އަހަރު ފައިސާ ދިން މައްސަލައެވެ. އެމައްސަލާގައި މަކަރާއި ހީލަތް ހެދިން އޭނާއަށް އޮތީ ސާބިތުވެފައެވެ. ނަމަވެސް މިހިސާބުން ތްރަމްޕްގެ ކުށްތަކުގައި ޓިޕެކްސް ޖެހުނީއެވެ.

މި ލިޔުމާ ގުޅޭ