އޮންލައިންކޮށް ކުދިންނާ ހިތާނުވާން އަންގައިފި

އިބްރާހީމްް ސަމީރު
ނޮވެމްބަރ 6, 2024

ޗައިނާ ސިފައިން ހުސްވަގުތުގައި އޮން ލައިންކޮށް އަންހެން ކުދިން ހޯދައި ހިތާ ނުވުމަށް އިންޒާރުކޮށްފިއެވެ. ޗައިނާގެ ސިފައިންނަށް ނެރެފައިވާ އާދަޔާ ހިލާފު އިންޒާރުގައި ޒުވާން އޮފިސަރުންނާއި މުވައްޒަފުންނަށް އަންގާފައި ވަނީ އޮންލައިންކޮށް ދިމާވާ އަންހެން ކުދިންނާ ހިތާވާން ދިމާކޮށްފިނަމަ، އެމީހުންނަށް ސަލާމަތީ ނުރައްކާތެރިކަމެއް ކުރިމަތި ވެދާނެ ކަމަށެވެ.

އަދި އެމަގުން ހިނގަނީ ނަމަ މީހުންގެ ސްކޭމްތަކުގައި ޖެހި، އަތުން ފައިސާ ގެއްލި، ބަދުނާމީއާ ކުރިމަތި ލާން ވެސް ޖެހިދާނެ ކަމަށެވެ.

1990 ވަނަ އަހަރުގެ ފަހުން އުފަން ވެފައިވާ ޒުވާނުންނާ މުޚާތަބުކޮށް ޕީޕަލްސް ލިބަރޭޝަން އާމީ އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ޒުވާން ސިފައިންނަކީ ”އަތު އަޅުވާލުމަށް އިންތިހާއަށް ފަސޭހަ“ އަމާޒަކަށް ވެދާނެ ކަމަށާއި އޮންލައިންކޮށް އެއްވެސް މީހަކު އެމީހާގެ އަސްކަރީ އައިޑެންޓިޓީ ހާމަކޮށްގެން ނުވާނެ ކަމަށެވެ.

މި ލިޔުމާ ގުޅޭ