ކަރާޗީގައި ކުށްކުރުން އިތުރު ވަނީ

އިބްރާހީމްް ސަމީރު
ނޮވެމްބަރ 18, 2024

ކަރާޗީގައި ހިނގި އަނެއްކާވެސް ހިތާމަވެރި ފޭރުމެއްގައި ފެކްޓްރީއެއްގައި މަސައްކަތް ކުރާ ތިން ކުދިންގެ ބައްޕައެއްގެ ފުރާނަ ގެއްލިއްޖެއެވެ. އެ ސިޓީގައި ހިނގާ މިފަދަ ހާދިސާތަކުން މި އަހަރު މަރުވި މީހުންގެ އަދަދު ވަނީ 100 އަށް އަރާފައެވެ.

އޭގެ ދުވަސްތަކެއް ކުރިން ސިންދު ހައިކޯޓުން ވަނީ ފުލުހުންގެ މުއައްސަސާ ސިޔާސީ ކުރުމުގެ މައްސަލަ ހައްލުކޮށް ސިޔާސީ ނުފޫޒުން މިނިވަން ކުރުމަށް ޕްރޮވިންސް ޕޮލިސް ޗީފަށް އަމުރުކޮށްފަ އެވެ. ކޯޓުން ފާހަގަކުރި ގޮތުގައި ފުލުހުން އެކަށީގެންވާ ވަރަށް ގާނޫނާއި ގަވާއިދަށް އަމަލު ނުކުރުމާއި އެކަށީގެންވާ ރަނގަޅު މީހުން ވަޒީފާއަށް ނުނެގުމަކީ ގާނޫނު ތަންފީޒުކުރުމަށް ހުރަސްއެޅޭ ކަމެއް ކަމަށާއި ސްޕެޝަލް ސެކިއުރިޓީ ޔުނިޓް (އެސްއެސްޔޫ) އިން މުހިންމު ގޮތެއްގައި ފޯކަސް ކުރަނީ އާންމު ސަލާމަތުގެ ބަދަލުގައި ވީވީއައިޕީ ޕްރޮޓެކްޝަނަށް ކަމަށް ބުނެ ކޯޓުން ފާޑު ކިޔާފައި ވެއެވެ.

މީގެ ދިހަ އަހަރާ އަޅާބަލާއިރު ކަރާޗީގައި ކުށުގެ ނިސްބަތް މިހާރު ދަށްވެފައިވާއިރު، ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް ހޯދައި ނުދެވި އެބަހުއްޓެވެ.

އަދި އެކަށީގެންވާ ޤާބިލު މީހުން ރިކްރޫޓު ކުރުމަށާއި ތަމްރީނުތަކަށް ހޭދަކޮށް ގާބިލުކަން އިތުރު ކުރުމަށް ކޯޓުން ގޮވާލާ ގޮވާލުމަކީ މުހިންމު ކަމެކެވެ.  ނަމަވެސް މާނަހުރި އިސްލާހެއް ގެނައުމަށް އެކަށީގެންވާ އިންވެސްޓްމަންޓެއް ސަރުކާރުން ކުރަން ޖެހެ އެވެ.

ފާޑުކިޔާ މީހުން ބުނާ ގޮތުގައި ޕާކިސްތާނުން ފުލުހުންގެ މުއައްސަސާއަށް އެކަށީގެންވާ ބަޖެޓެއް ދީފައި ނުވާ ކަމަށާއި ހާއްސަކޮށް އިޖުތިމާއީ އިގްތިސާދީ ތަފާތުތަކުގެ ސަބަބުން ކުށްކުރުން އިތުރަށް ގޯސްވާ ކަރާޗީ ފަދަ ކުށްތައް ގިނަ އާބަން ސެޓިންގްސްގައި ޕާކިސްތާނުން ފުލުހުންނަށް އެކަށީގެންވާ ބެޖެޓެއް ނުދޭ ކަމަށެވެ.

ކަރާޗީގެ ގާނޫނާއި ގަވާއިދުގެ މައްސަލަތަކަށް ހައްލެއް ހޯދުމަކީ ފުލުހުންގެ ގާބިލްކަން އިތުރުކުރުމަށް ވުރެ މާ ބޮޑު ކަމެއް ކަމަށް ވެސް ކޯޓުން ބުނެފައި ވެއެވެ. އެއީ ގަވާއިދާ ހިލާފު ހަތިޔާރު ހޯދައިގަނެ ގޭންގްތަކާ ކުރިމަތިލުމަށާއި، އާންމުނަށް އިގްތިސާދީ ފުރުސަތުތައް އުފެއްދުމާއި، ތައުލީމުގެ ފުރުސަތު ރަނގަޅުކުރުން ކަމަށްވެސް ކޯޓުން ބުނެފައި ވެއެވެ.

މުއްސަނދި އަވަށްތަކާއި ފެތުރިފައިވާ ނުރަސްމީ އާބާދީތަކުގެ މެދުގައި އޮތް ބައިބައިވުމަކީ ގާނޫނު ތަންފީޒުކުރުމަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށްވެސް ކޯޓުން ފާހަގަ ކުރިއެވެ.

ކޯޓުން ވަނީ ލާމަރުކަޒީ އިސްލާޙުތައް ތައާރަފްކޮށް ފުލުހުންގެ މުއައްސަސާ އިސްލާޙު ކުރުމަށް މަސައްކަތް ކުރުމަށް ގޮވާލާފައެވެ.

މި ލިޔުމާ ގުޅޭ