ޑިސެމްބަރ 23, 2024 12:23

އުމުރާ ނުގުޅޭ ވާހަކަ ކުދިންތަކެއް ގާތު ދެއްކި ޓީޗަރަކު ހައްޔަރުކޮށްފި

އަހުމަދު މުހައްމަދު
ޑިސެމްބަރ 5, 2024

ކުޑަކުދިންނަށް ގޯނާކުރުމުގެ އެކި މައްސަލަތަކުގައި ތިން މީހަކު މިވަގުތު ބަންދުގައި އެބަތިބި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެންމެ ފަހުން ހައްޔަރުކޮށްފައިވަނީ ކުޑަކުދިންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި އެ ކުދިން ގްރޫމް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 29 އަހަރުގެ މުދައްރިސެއް ކަމަށެވެ. އޭނާ ހައްޔަރުކުރީ ސައުތު ސެންޓްރަލް ޕޮލިސް ސަރަހައްދުން ކަމަށާއި މިހާރު ވަނީ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފައެވެ.

ދެވަނަ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މެދު އުތުރު ޕޮލިސް ސަރަހައްދުން ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 18 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ތިންވަނަ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އަށް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 26 އަހަރުގެ ބިދޭސީއެކެވެ.

ފުލުހުން ބުނީ މި މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ. އަދި ކުޑަކުދިންނަށް ކުރާ ގޯނާގެ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށް ފާހަގަކޮށްފައި ވެއެވެ.

މި ލިޔުމާ ގުޅޭ

Leave a Reply

Your email address will not be published. Required fields are marked *