އެމެރިކާގެ އައު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޖޭމްސް ޑޭވިޑް ވޭންސަށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޙުސައިން މުޙައްމަދު ލަޠީފް ތަހުނިޔާގެ ވިދާޅުވެއްޖެއެވެ.
ނާއިބު ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށް މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައިފައެވެ. މިފެށޭ ދައުރުގައި އެމެރިކާގެ ރައްޔިތުންނަށާއި، ދުނިޔޭގެ އެހެން ޤައުމުތަކުގެ ލާބައާއި ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވެސް މެސެޖުގައި ވިދާޅުވެފައިވެއެވެ.
ރާއްޖެއިން އެމެރިކާގެ ގުޅުމަށް އަބަދުވެސް އިސްކަންދެއްވާނޭ ކަމަށް ވެސް ނާއިބު ރައީސް ޙުސައިން ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ވިޔަފާރިއާއި، އިޤްތިޞާދީ ތަރައްޤީއާއި، އިންވެސްޓްމަންޓާއި، ދިފާޢީ އަދި ސަލާމަތީ ދާއިރާއާއި، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި ރާއްޖެއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވައިފައެވެ.






