ޑީއެންއާރުން ކުށަށް އިއުތިރާފް ވެއްޖެ، ޕީއެންސީގެ ފޯމުތައް ބާތިލް ކުރަންޖެހޭ: ފައްޔާޒު

މުހައްމަދު އަލީ
ޖެނުއަރީ 21, 2025

ޕީއެންސީއަށް މީހުން އިތުރު ކުރުމުގެ މަސައްކަތް ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާ ކުރެވިފައިވާ ޑީއެންއާރު  ތެރޭގައި ކުރިކަމަށް އެތަނުގެ ވެރީން އެއްބަސް ވެއްޖެއެވެ.

މިކަމަށް އެއްވެސްވެފައިވަނީ ހޯމްލޭންޑު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ އަބްދުލްމަޖީދު އިބްރާހީމެވެ. އޭނާ ބުނެފައިވަނީ އެކަންކޮށްފައިވަނީ އެތަނުގެ މީޓީން ރޫމުގައި ކަމަށެވެ. އެކަން ކޮށްފައިވަނީ، ދައުލަތުގެ މުދާ ބޭނުންކޮށްގެން، ޑީއެންއާރުގެ ސިޔާސީ މުވައްޒަފުންނެވެ. މަޖީދު ބުނީ މިކަމުގެ އިސްކޮށް ހުންނެވީ ހޯމްލޭންޑު މިނިސްޓަރ އަލީ އިހުސާނު ކަމަށެވެ.

ޑީއެންއާރުގެ ވެރިން މި ކުށަށް އިއުތިރާފުވެފައިވާތީ އެ މައްސަލަ ބަލައި އިދާރާތަކުން ފިޔަވަޅު އަޅަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވިއެވެ. އެ ކުށަށް އިއުތިރާފުވެފައިވާތީ ޕީއެންސީއިން އީސީއަށް މިދިޔަ މުއްދަތުގައި ހުށަހެޅި ފޯމުތައް ބާތިލުކުރަން ޖެހޭ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

ނޫސްވެރީންނަށް މައުލޫމާތު ދޭންކަމަށް ބުނެ ޑީއެންއާރަށް އެމީހުން ގެންގޮސްފައި، ނޫސްވެރިން ކުރި އެއްވެސް ސުވާލަކަށް ޖަވާބު ދެވިފައެއް ނުވެއެވެ. ޖަވާބު ނުދެވުމުން ހޯމް މިނިސްޓްރީގެ އިސްވެރީން ވަނީ ފިލާފައި ކަމަށް އޭނާ ވިދާޅުވިއެވެ. އެ މީހުން ފިލިނަމަވެސް މިކަމުގެ ހަގީގަތް މިހާރު މިއޮތީ ހާމަވެފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

‏ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާކުރެވިފައިވާ އިދާރާ (ޑީއެންއާރު) ތެރޭގައި ތިބެ ޕީއެންސީން ވަނީ ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައިގެން، ވަގު ފޯމު ފުރާފައެވެ. އެމަންޒަރު ފެންނަ ފޮޓޯތަކެއް ވެސް ވަނީ ލީކުވެފައެވެ. އެ ކަން އެގޮތަށް ކުރިކަމަށް ޑީއެންއާރުގެ ވެރިން އިއުތިރާފުވެފައިވާ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ. އަދި ”ދައުލަތުގެ ބަޖެޓުން ވައްކަން ކުރުމަށް ރާވައިގެން އެ ޕާޓީ އަދި ސަރުކާރުގެ ސިޔާސީ ބޭފުޅުން މަސައްކަތް ކުރެއްވުމަކީ މި ސަރުކާރުގެ މުޑުދާރު ލަދުވެތި ހާލަތު ހާމަކޮށްދޭ ހެއްކެއް،“ ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

 

މި ލިޔުމާ ގުޅޭ