ކުޑަކުދިންތަކެއް ފަޅު ރަށަކަށް ގެންގޮސް، އެ ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ހަތަރު ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރީ 24 އަހަރުގެ ފިރިހެނެއް ކަމަށްވެ އެވެ.
ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނީ އެ ކުދިންނަށް ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެކަމަކު އެ މައްސަލާގެ ތަފްސީލެއް އެ މިނިސްޓްރީން ނުދެ އެވެ.
ކުޑަކުދިންގެ މައްސަލަތަކުގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ކުއްޖާ ނިސްބަތްވާ އަތޮޅާއި ރަށް ހާމައެއް ނުކުރެ އެވެ.






