ޔޫރަޕިއަން ޔޫނިއަންގެ ނާއިބް ރައީސް ޓެރަރިސްޓް ހަމަލަ ކުށްވެރި ކުރައްވައިފި

އަބްދުލް މުހުސިން
މެއި 4, 2025

ޕަހަލްގަމްގައި ދީފައިވާ 26 މީހުން މަރުވި ޓެރަރިސްޓް ހަމަލާއާ ބެހޭ ގޮތުން ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސް ކާޖާ ކަލާސް  ވަނީ އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖަޔަޝަންކަރާ މަޝްވަރާ ކުރައްވާފައެވެ. އިންޑިއާއިން ވަނީ ޔޫރަޕްގެ ޖަމާއަތުން މި ހަމަލަ ކުށްވެރި ކުރީތީވެ އެކަމަށް ޝުކުރު އަދާކޮށްފައެވެ. ޖަޔަޝަންކަރާއެކު ބާއްވާފައިވާ މަޝްވަރާގައި އީޔޫ އިން ވަނީ ހުރިހައި ބާވަތެއްގެ ޓެރަރިޒަމެއްވިއަސް އީޔޫއިން އެކަން ކުށްވެރި ކުރާކަމަށް ބުނެފައެވެ.

ދުނިޔޭގެ ހުރިހައި ޤައުމަކުން ވަނީ ޕަހަލްގަމްގެ ހަމަލަ ކުށްވެރިކޮށްފައެވެ. އަދި އެމރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯވެސް ވަނީ އިންޑިއާގެ ޚާރިޖީ ވަޒީރާ ގުޅުއްވައިގެން މިހަމަލާއާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި  ޓެރަރިޒަމާ ދެކޮޅަށް އިންޑިއާއާ އެއްބާރުލުން ދިނުމަށް އެމެރިކާއިން ވައުދުވެފައިވާކަން އަލުން ކަށަވަރުކޮށްދެއްވާފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓެމީ ބްރޫސް ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސަރަހައްދީ ސުލްހަ ދެމެހެއްޓުމަށް އިންޑިއާ އާއި ޕާކިސްތާނުގެ މައްސަލަ ކުޑަކުރުމަށް ވެސް ރޫބިއޯ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރު ވަނީ މިހަމަލާ ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށާއި މި ޖަރީމާ ހިންގި މީހުންނާއި އެކަމަށް ތާއީދުކުރާ މީހުންނާއި، ޕްލޭނަރުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

’ބޭތާބް ވާދީގައި ދީފައިވާ ހަމަލާގެ ސަބަބުން އިންޑިއާ އާއި ޕާކިސްތާނުގެ މައްސަލ ހޫނުވެފައި ވެއެވެ. އިންޑިއާއިން ވަނީ ބޯޑަރު ހުރަސްކޮށް ޓެރަރިޒަމަށް ޕާކިސްތާނުން ތާއީދުކުރާ ކަމަށް ބުނެ އިންޑަސް ވޯޓާސް ޓްރީޓީ ސަސްޕެންޑްކޮށް ޕާކިސްތާނުގެ ވިސާ ބާތިލްކޮށްފަ އެވެ.

ރަޝިޔާ، ގްރީސް، ސައިޕްރަސް އަދި އެހެނިހެން ގައުމުތަކުގެ ކައުންޓަރޕާޓްތަކާއެކު މަޝްވަރާތައް ހިމެނޭ ގޮތަށް ޖައިޝަންކަރުގެ ޑިޕްލޮމެޓިކް އައުޓްރީޗް އިން ދައްކުވައިދެނީ ދުނިޔޭގެ ފެންވަރުގައި ޕާކިސްތާން އެކަހެރިކޮށް ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަގްވާމީ ތާއީދު ހޯދުމަށް އިންޑިއާއިން ކުރާ މަސައްކަތެވެ.

ބޮޑުވަޒީރު ނަރެންދްރަ މޯދީ ގައުމާ މުހާތަބު ކުރައްވައި، ކުށްވެރިންގެ ފަހަތުން ”ދުނިޔޭގެ އަނެއް ބިތާހަމައަށް“ ހޯއްދަވާނެ ކަމަށް ވައުދުވެވަޑައިގެން، އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް އިންޑިއާގެ އަޒުމް ވަރުގަދަކޮށްދެއްވި އެވެ.

އދ، ޔޫއޭއީ، އަދި ލީގު އޮފް އަރަބް ސްޓޭޓްސް ހިމެނޭ ގޮތަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ އިންޑިއާއާ އެއްބައިވަންތަކަން ފާޅުކޮށް، އެ ހަމަލާ ކުށްވެރިކޮށް ޖަވާބުދާރީވުމަށް ގޮވާލާފައެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *