މަދްމާނީ އަތުން ކާ ވީޑިއޯއެއް އާންމު ކުރުމުން ޓްރަމްޕްގެ ޕާޓީގެ ކޮންގްރެސް މެންބަރު ބްރެންޑަން ގިލް ވަނީ އެއީ ”ނާތަހުޒީބު“ އަމަލެއް ކަމަށް ބުނެ މަދްމާނީގެ އަގު ވައްޓާލާފައެވެ. ނަޖިންފުހޭ ކަރުދާސް ބޭނުން ކޮށްގެން އުޅޭ އެމެރިކާ މީހުންނަށް ނިސްބަތް ކޮށް ގިލް ބުނަނީ ”އެމެރިކާގެ ތަހުޒީބު މީހުން މިގޮތަކަށް ނުކާނެ“ ކަމަށެވެ.
ޓްރަމްޕް ޕާޓީން ކުރިމަތިލާފައިވާ ކެންޑިޑޭޓެއް ކަމަށްވާ މޯޑް މެރޮން ވެސް ވަނީ އެމެރިކާގައި ތަރުބިއްޔަތު ވެފައިވާ މަދްމާނީގެ މި އަމަލަކީ ”ތިންވަނަ ދުނިޔޭގެ“ ޝަޚުސިއްޔަތު ދައްކައި ދޭ ކަމެއް ކަމުގައި ބުނެ މަމްދާނީއަށް ފާޑު ކިޔާފައެވެ.
އަތުން ކެއުމާއި ފާޚާނާކޮށްގެން ސާފުތާހިރު ވުމަކީ އަދިވެސް ހުޅަނގުގެ ގައުމުތަކުގައި މީހުން ދަންނަ ކަންކަމެއް ނޫނެވެ. ފާޚާކޮށްގެން ދޮންނަން ދަސްކޮށްދޭން ހުޅަނގުގެ މީހުންނަށް ލިޔެދީފައިވާ 19 ފޮތެއް އެމެޒޮންގައި ވިއްކަން ބަހައްޓާފައި ހުއްޓައި ފެނެއެވެ. އަދި ޤަތަރުގައި ބޭއްވި ވޯލްޑްކަޕު ބަލަން ދިޔަ ހުޅަނގުގެ ގިނަ މީހުން ބުނެފައި ވަނީ ފާޚާނާ ކޮށްގެން ސުންނީ ޝަވަރު ބޭނުންކޮށްގެން ނަޖިހުން ތަހިރުވާން ދަސްވީ ޤަތަރުން ކަމަށެވެ. އަދި އެމީހުން ވަނީ ދަތުރުގެ ސުވެނިއާއެއްގެ ގޮތުގައި ސުންނީ ޝަވަރު ގަނެގެން ގެންގޮސްފައެވެ.
ސަޕޯޓަރުން ވަނީ މަމްދާނީ ދިފާއުކޮށް، އަތުން ކެއުމަކީ ސަގާފީ އާދައެއް ކަމަށް ބުނެ ފައެވެ. އެކަކު ގިލްއާ ދިމާއަށް ބުނެފައި ވަނީ ”ކަލޭ އޭނާގެ ސަގާފަތަށް ފާޑުކިޔުމުން ކަލޭގެ ހަގީގަތް ހާމަވެގެން ދޭ“ ކަމަށެވެ. އަނެއް ބަޔަކު ގިލް ކައިރިން އަހާފައި ވަނީ ”ކަލޭ ބާގާ ކަނީ އުލާ ވަޅިންތަ؟“ މިފަދއިންނެވެ.






