"ފަތަމާ ހިނގާ" އައްޑުއަށް

މުހައްމަދު އަލީ
ޖުލައި 3, 2025

ސުވިމިންގ އެސޯސިއޭޝަނާއި އައްޑޫ ސިޓީ ޕޮލިސް ގުޅިގެން ކުރިއަށް ގެންދާ ”ފަތަމާ ހިނގާ“ ޕްރޮގްރާމް މަރަދޫ ސްކޫލާއި އިރުޝާދިއްޔާ ސްކޫލުގައި ފަށައިފިއެވެ. އެ ދެ ސްކޫލުގައި މި ޕްރޮގްރާމް ފަށާފައިވަނީ  ގްރޭޑް 1އިން 6 ގެ ދަރިވަރުންނަށެވެ.

ފުލުހުން ވިދާޅުވީ މަރަދޫ ސްކޫލު ދަރިވަރުންނަށް މި ޕްރޮގްރާމް ފަށާފައިވަނީ މި ދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ. އިރުޝާދިއްޔާ ސްކޫލު ދަރިވަރުންނަށް ފަށާފައިވަނީ ޖޫން 30 ވަނަ ދުވަހު ކަމަށެވެ.
މި ޕްރޮގްރާމުގައި ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްދެއްވަނީ މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނެސް އެންޑް

ރެކްރިއޭޝަންގެ ‘’ފަތަމާ ހިނގާ ޕްރޮގްރާމް“ އެމްބަސަޑަރ ނައުފަލް މޫސާއެވެ.

މި ޕްރޮގްރާމުގައި 300 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެއެވެ. މި ޕްރޮގްރާމަށް ބެލެނިވެރިން އަދި ދަރިވަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކުރެވެއެވެ.

މިއީ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން މި އަހަރުގެ ތެރޭގައި ސްކޫލް ދަރިވަރުންނަށް ހިންގުމަށް އެކްޓިވިޓީ ކަލަންޑަރުގައި ހިމެނިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. އައްޑޫ ސިޓީގެ ހުރިހާ ސްކޫލެއްގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި އަހަރުގެ ކުރީކޮޅު ފަތަމާ ހިނގާ ޕްރޮގްރާމް އެންމެ ފުރަތަމަ ބާއްވާފައިވަނީ ފޭދޫ ސްކޫލު ދަރިވަރުންނަށެވެ. އެ ޕްރޮގްރާމުގައި 200 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެ، ފަތަން ދަސްކޮށްފައިވެއެވެ.

 

މި ލިޔުމާ ގުޅޭ