އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައެވެ. އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:
މާފަންނު ޕޮލިސް
ޖޫން 25 ވަނަ ދުވަހު އައިޖީއެމް ހޮސްޕިޓަލު ތެރެއިން ހޮވައިގެން ގެނެސްފައިވާ 200 ރުފިޔާ. އިންސިޑެންޓް ނަންބަރު 645033
ޖޫން 12 ވަނަ ދުވަހު އެއާޕޯޓުން ދަތުރުނެގި ޓެކްސީއަކުން ފެނިފައިވާ އެޑިޑާސް ބުރޭންޑުގެ ނޫކުލައިގެ ދަބަހެއް (ދަބަހުގައި ރެޑްމީ ބްރޭންޑުގެ ޓެބްލެޓަކާއި އަވިއައިނެއް). އިންސިޑެންޓް ނަންބަރު 645602 މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ވިލިމާލެ ޕޮލިސް
ޖޫން 27 ވަނަ ދުވަހު ވިލިމާލެ ފުޓުބޯޅަ ދަނޑު، އުތުރުފަރާތު ހުސްބިމުން ހޮވައިގެން ގެނެސްފައިވާ 1200 ރުފިޔާ. އިންސިޑެންޓް ނަންބަރު 645257
މި ތަކެތީގެ ވެރިފަރާތުން 9833000 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ހުޅުމާލެ ފޭސް 1 ޕޮލިސް
ޖުލައި 1 ވަނަ ދުވަހު ހުޅުމާލެ ނިރޮޅުމަގު ތަންދޫރީ ފްލޭމްސް ކައިރިން ހޮވައިގެން ގެނެސްފައިވާ ކަޅުކުލައިގެ ވޮލެޓެއް. އިންސިޑެންޓް ނަންބަރު 645768
މި ތަކެތީގެ ވެރިފަރާތުން 9980062 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
- ޕޮލިސް






