ބެލަރޫސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު މަކްސިމް ރައިޒެންކޯވް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
މިނިސްޓަރުގެ މެސެޖުގައި ވިދާޅުވެފައިވަނީ ”ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ބެލަރޫސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މަނިކުފާނަށާއި ބެލަރޫސްގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ދެންނެވުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް،“ ކަމަށެވެ.
އޭގެ އިތުރުން ބެލަރޫސްގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދި، އެގައުމުގެ ބޮޑުވަޒީރަށް ހެޔޮ އެދުންތައް ވަނީ އަރިސް ކުރައްވާފައެވެ.
އެގައުމުގެ ބޮޑުވަޒީރަށް ކުރާ މަތިވެރި ޤަދަރު އައުކުރައްވާ ކަމަށާއި، އެކަން ޔަޤީންކޮށް އެރުވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.






