ޑރ. މުއްތަލިބު

ފުލެޓު ދިނުމުގައި އިންސާވެރިކަން ކަށަވަރު ކުރާނެ: މިނިސްޓަރ

މުހައްމަދު އަލީ
ޖުލައި 5, 2025

މުޢާމަލާތްތައް ރަނގަޅަށް ބަލާ، ޗެކްކޮށް، ވެރިފައިކުރުމަށްފަހު ނޫނީ، އެއްވެސް މީހަކަށް ދީފައިވާ ފްލެޓެއް އެހެން މީހަކަށް ކަނޑައެއް ނާޅާނެ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ . މިނިސްޓަރ މިހެން ވިދާޅުވީ ”އަހާށޭ ބުނާނަން“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ޑރ. މުއްޠަލިބް ވިދާޅުވީ ބޯހިޔާވަހި ކަމާ ގުޅޭ ކަންކަމުގައި ކުރިއަށް އޮތްތަނުގައި ރައްޔިތުންނަށް ދިމާވާނެ ދަތިތައް ކުޑަކުރުމަށް މަސައްކަތްކުރާނޭ ކަމަށެވެ. މިގޮތުން ފްލެޓްތައް ކަނޑައެޅުމުގެ މުޢާމަލާތްތަކުގައި ހުރި ގޮންޖެހުންތަކާއި، އަދި ނަން ބަދަލުކުރުމުގެ މައްސަލަތަކާއި ގުޅޭގޮތުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ”ކޮންމެ ފަރާތަކަށްވެސް ލިބޭނެ ޑިސްކޮލިފައިވާ ކަމުގެ ނޯޓިސް ފޮނުވީމަ އެއީ ރަނގަޅު ނިންމުމެއްތޯ ނޫންތޯ އެޕީލް ކުރުމުގެ ފުރުޞަތު. އެޕީލް ކުރުމުގެ ފުރުޞަތު ދިނުމަށްފަހުގަ އެ މުޢާމަލާތްތައް ހިންގާ ރަނގަޅަށް ބަލާ ޗެކްކޮށް ވެރިފައިކޮށްފަ ނޫނިއްޔާ އެއްވެސް މީހަކަށް ދީފަ އޮތް ފްލެޓެއް އަޅުގަނޑުމެން އެހެން ފަރާތަކަށް ކަނޑައެއް ނާޅާނަން،“ ކަމަށެވެ.

 

މި ލިޔުމާ ގުޅޭ