ކަށި ނަރު ދަމާފައިވާ ސަރަހައްދެއް ބިނާ ކުރުމަށް ސިފައިންނަށް އަންގާފައި ވާނެ

އިބްރާހީމްް ސަމީރު
ޖުލައި 8, 2025

ް ޔަހޫދީންގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް ބުނަނީ އިޒްރޭލުން ބޮން އަލައި ވީރާނާކޮށްފައިވާ ރަފަޙުގައި ކަށި ނަރު ދަމާފައިވާ ސަރަހައްދެއް ބިނާ ކުރުމަށް ސިފައިންނަށް އަންގާފައި ވާނެ ކަމަށެވެ.

އޭނާ އެސިޓީ ސިފަ ކޮށްފައި ވަނީ ނާޒީން ބޮޑު އަވަނުގައި ޔަހޫދީން ފިހެލަން ގެންދިޔަ ޕޮލެންޑްގެ އޮސްވިޗްއާ އެއްފަދަ ސިޓީއެއްގެ ގޮތުގައެވެ. އަދި އެއީ ޣައްޒާގެ ދެކުނުގައި ބިނާކުރާ އާ ”އިންސާނީ ސިޓީއެއް“ ކަމުގައި އޭނާ ބުންޏެވެ.

ކާޓްޒް އަކީ ޔަހޫދީއެކެވެ. އެހެންވެ، ފަސާދަ ކުރުމުގެ ނިޔަތެއް އޭނާގެ ކިބައިގައި ނޯންނާނެއެވެ. މުޅިންވެސް މަސައްކަތް ކުރާނީ އިސްލާހަށެވެ. އެހެންވެ، އޭނާ ޔަހޫދީންގެ މަގްސަދު ސާފުކޮށްދެމުން އިތުރަށް ބުނެފައި ވަނީ މިސިޓީގައި ޣައްޒާއިން ބޭރުކުރާ 6 ލައްކަ މީހުން ބައިތިއްބާނެ ކަމަށެވެ. އަދި މިތަނަށް އެމީހުން ވެއްދުމަށްފަހު އެހެން ސަރަހައްދަކަށް ބޭރު ވުމުގެ ހުއްދައެއް ނޯންނާނެ ކަމަށް ސިފައިންނަށް އަންގާފައިވާ ކަމަށްވެސް ބުންޏެވެ.

މި ލިޔުމާ ގުޅޭ