ޝަހީދުކޮށްލަން ކުރި މަސައްކަތުގެ ފަހަތުގައި އޮތީ އެމެރިކާއެއް ނޫން.

އިބްރާހީމްް ސަމީރު
ޖުލައި 8, 2025

”އަޅުގަނޑު ޝަހީދުކޮށްލަން ކުރި މަސައްކަތުގެ ފަހަތުގައި އޮތީ އެމެރިކާއެއް ނޫން. އެކަން ކުރީ އިޒްރޭލު! އަޅުގަނޑު ހުރީ ބައްދަލުވުމެއްގައި… އެމީހުން މަސައްކަތް ކުރީ އެ ބައްދަލުވުން ބާއްވަމުން ދިޔަ ސަރަހައްދަށް ބޮން އަޅަން“ ފާރިސީ ބަހުން ވާހަކަ ދައްކަވަމުން ޕަޒަކްޝިއަން ވިދާޅުވި އެވެ.

އެމެރިކާގެ ވާގިވެރިކަމާއެކު ޒަޔަނިސްޓުން އީރާނާ ދެކޮޅަށް ކުރިއަށް ގެންދިޔަ 12 ދުވަހުގެ ޓެރަރިސްޓް ހަނގުރާމައިގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އަވަހާރަކޮށްލަން ޔަހޫދީން މަސައްކަތް ކުރި ކަމަށް ޕަޒަކްޝިއަން ވިދާޅުވެއެވެ.

”އެމީހުން އަޅުގަނޑު ޝަހީދުކޮށްލަން މަސައްކަތް ކުރި، އާދެ. އެމީހުން އެގޮތަށް އަމަލުކުރި. ނަމަވެސް އެކަން އިރާދަފުޅުން ނާކާމިޔާބުވީ،“ އެމެރިކާގެ މީޑިއާ ޝަޚުށިއްޔަތެއް ކަމަށްވާ ޓަކަރ ކާލްސަން އަށް ދެއްވި ބަސްދީގަތުމުގައި ޕަޒަކްޝިއަން ވިދާޅުވިއެވެ. ހޯމަ ދުވަހު ޓަކަރ ކާލްސަން ވަނީ މިއިންޓަރވިއު ހާމަކޮށްފައެވެ.

12 ދުވަހުގެ ހަނގުރާމަ ނިމުނީ އީރާނުން ޔަހޫދީ ގައުމުގެ އެންމެ ހައްސާސް އަދި އެންމެ މުހިންމު 21 ތަނަށް ކާމިޔާބު ކަމާއެކު އަމާޒަށް މިސައިލް ހަމަލަދީ، އީރާންގެ ކުޅަދާނަކަން ދައްކާލުމުންނެވެ. އެއަށްފަހު އެމެރިކާއިން އީރާނަށް ދިން ޓެރަރިސްޓް ހަމަލައަށްފަހު އީރާނުން ވަނީ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަޒުކަރަށް އީރާނަށް ނުރައްކާ ކުރެވިދާނެކަން ސާބިތުކޮށްދީފައެވެ. އެސާހިތަކުން ޓަރްމްޕް ވަނީ ހަތިޔާރު ބަހައްޓައި އަމާން ދީފައެވެ.

މި ލިޔުމާ ގުޅޭ