ހޯމަ ދުވަހުގެ ރެއިން ފެށިގެން އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަން ރާއްޖޭގެ ބައެއް ހިސާބުތައް މަތިން ފެނުމަކީ އެކަށީގެންވާ ކަމެކެވެ. މިހާރު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ދަނީ ދުނިޔޭގެ ތިރީ ފަލަކުގައި އެނބުރެމުންނެވެ. ގަޑިއަކު 28،000 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރާ ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަން ކޮންމެ 90 މިނެޓަކުން އެއްފަހަރު ދުނިޔޭގެ ވަށައިގެން ބުރެއް ޖަހައެވެ. މާނައަކީ އެސްޓޭޝަންގައި ތިބޭ ފަޅުވެރިންނަށް ކޮންމެ ދުވަހަކު 16 ފަހަރު އިރުއަރާ އިރު އޮއްސޭ މަންޒަރު ފެންނާނެއެވެ.
ޖައްވީ ސްޓޭޝަން އުޑުމަތިން ފެންނަން ފަށަނީ — ހުރަސްކޮށްލާ ވިދުވަރެއް ފަދައިންނެވެ. އެ އައްޔަކީ އިރުގެ އަލިން އެސްޓޭޝަނަށް އެޅޭ ދޯދިން ދިއްލައިދޭ ދިއްލުމެކެވެ. ޖއްވީ ސްޓޭޝަން ފެންނާނީ ފަސް މިނެޓް ނޫނީ 7 މިނެޓަށެވެ.
ޖުލައި 7 ވަނަ ދުވަހުގެ ރޭ 9.30 ހާއިރު، އަދި ޖުލައި 8ގެ ފަތިހު 5.30 އަދި، ޖުލައި 8 ގެ އިރުއޮއްސި 8.30 ގައި، ޖުލައި 9 ގެ ފަތިހު 4.40 ހާއިރު އަދި އެ ރޭ ރޭގަނޑު 9.15 ހާއިރު އަދި ޖުލައި 10ގެ މެންދަމު 3.40 ހާއިރު އަދި ރޭގަނޑު 8.30ގައި ޖުލައި 11 ގެ ދަންވަރު 3 ޖަހާއިރު ޖުލައި 12 ގެ ރޭގަނޑު 8 ޖަހާއިރެވެ.






