މަޑުއްވަރީ ކައުންސިލާ މިނިސްޓަރ އާދަމް ޝަރީފު ބައްދަލު ކުރައްވައިފި

މުހައްމަދު އަލީ
ޖުލައި 9, 2025

މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ މެންބަރުންނާ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ބައްދަލުކުރައްވައިފިއެވެ. މިބައްދަލު ކުރެއްވުން އޮތީ މިއަދު ހެނދުނު ސްޓެލްކޯގެ ޓްރޭނިންގ ރޫމުގައެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އެ ރަށުގެ ބަނދަރު މިހާރު ހެދިފައި އޮތްދިމާ ފިޔަވާ އެހެން ދިމާއަކަށް ބަދަލުކުރުމާ ބެހޭ ގޮތުން ކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ. މިކަމަށް މަޝްވަރާކުރީ، މިހާރު ބަނދަރު އޮތް ދިމާގެ ސަބަބުން ބަނދަރުގެ ފަސޭހަކަން ރައްޔިތުންނަށް ލިބުމުގައި ގޮންޖެހުންތައް ކުރިމަތިވަމުންދާތީއެވެ. މީގެ އިތުރުން ރަށުގައި ހިނގަމުން އަންނަ ތަފާތު ޕްރޮޖެކްޓްތަކުގެ އަދާހަމަ މަޢުލޫމާތު މި ބައްދަލުވުމައި ކައުންސިލްގެ މެންބަރުން، މިނިސްޓަރާ ހިއްސާކުރެއްވިއެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރުގެ އަރިހުގައި، ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، މުލަކަތޮޅު ހިމެނޭ ކުލަސްޓަރ ބެލެހެއްޓެވުމާއި ޙަވާލުވެ ހުންނެވި ޑެޕިޔުޓީ މިނިސްޓަރ އަޙްމަދު ޙަލީމް ބައިވެރިވެވަޑައިނެވިއެވެ.

މި ލިޔުމާ ގުޅޭ