އެމްއެމްޕީއާރްސީ ގެ ނަން "ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް" އަށް

އިބްރާހީމްް ސަމީރު
ޖުލައި 14, 2025

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރްސީ) ގެ ނަން ”ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް“ އަށް ބަދަލުކުރައްވައިފިއެވެ. މި ބަދަލު ގެނެސްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު ކުރިއަރުވައި، ތަފާތުކޮށް، ބައިނަލްއަޤްވާމީ ފެންވަރުގައި ޕްޕްރޮމޯޓްކުރުމެވެ. މީގެ އިތުރުން، ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި އިޝްތިހާރުކޮށް، މަތީ ފެންވަރެއްގައި ދެމެހެއްޓުމަށް ބޭނުންވާ މާކެޓިންގ، ޕްރޮމޯޝަން އަދި އިޝްތިހާރުކުރުމުގެ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމެވެ.

ންފުނީގެ މާލީ ހާލަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކަށް ޖަވާބުދާރީވެ، އިޞްލާޙީ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ކުންފުނިން ބަޔާނެއް ނެރެފައިވެއެވެ. މި ބަޔާނުގައި، ކުންފުނީގެ ޚަރަދުތައް 10 އިންސައްތައަށް ކުޑަކޮށްފައިވާ ކަމަށާއި، ޕީއާރް އެޖެންސީތަކުގެ އަދަދު 21 އިން 6 އަށް ކުޑަކޮށް، 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވިފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ޓްރޭޑް ޝޯތަކާއި އެގްޒިބިޝަންތަކަށް ކުރަމުންދިޔަ ޚަރަދުގެ ތެރެއިން 34 އިންސައްތަ ކުޑަކުރެވިފައިވާ ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ އިންޑިއާ މާކެޓަށް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އަދި ލިވަޕޫލް އެފްސީއާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ތާރީޚީ ބައިނަލްއަޤްވާމީ ކެމްޕޭނެއް ފެށުމަށް ނިންމާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

 

މި ލިޔުމާ ގުޅޭ