އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މޯދީ ޖުލައި 23 އިން 26 އަށް އިނގިރޭސިވިލާތަށާއި ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެއެވެ.
ބޮޑުވަޒީރު މޯދީގެ ދަތުރުފުޅުގެ ފުރަތަމަ ބައިގައި ހިމެނެނީ، ޖުލައި 23ން24 އަށް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅެވެ. އެ ދަތުރުފުޅުގައި، އިންޑިއާ އާއި އިނގިރޭސިވިލާތުގެ ދެމެދުގެ މުހިންމު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރެއްވުން އޮންނާނެއެވެ. މި އެއްބަސްވުމުގެ ސަބަބުން ޓެރިފް ކުޑަކުރެވޭނެއެވެ. އަދި އިނގިރޭސިވިލާތަށް އެކްސްޕޯޓު ކުރާ އިންޑިއާގެ އެކްސްޕޯޓް މުދަލުގެ 99 އިންސައްތައަށް ޓެރިފް ކުޑަ ކުރެވިގެން ދާނެއެވެ.
ނަތީޖާއެއްގެ ގޮތުން ވިސްކީ އާއި ކާރު ފަދަ މުދާ އިނގިރޭސިވިލާތުން އިންޑިއާއަށް އެކްސްޕޯޓް ކުރުމަށް މަގުފަހިވެގެންދާނެއެވެ. މިކަމުގެ ސަބަބުން އިނގިރޭސިވިލާތުގެ މާކެޓަށް އިންޑިއާއަށް ވަދެވޭނެ ގޮތް ހަމަޖެހިގެންދާނެއެވެ. އަދި މއިން، ދެ ގައުމަށް ވެސް ފަހި ވިޔަފާރީގެ މާޙައުލެއް ގާއިމްކުރުމަށް ފުރުސަތު ލިބޭނެއެވެ. މި ވިޔަފާރީގެ އެއްބަސްވުމަކީ ތިން އަހަރު ދުވަހުގެ ދިގު މަޝްވަރާތަކަކަށް ފަހު ހާސިލުކުރެވުނު ކާމިޔާބީއެކެވެ.
އިނގިރޭސިވިލާތުގެ ދަތުރުފުޅަށްފަހު، ޖުލައި 25-26 އަށް އިންޑިއާ ބޮޑުވަޒީރު ދިވެހިރާއްޖެއަށް ވަޑައިގަންނަވާނެ އެވެ. އަދި، ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ދިވެހިރާއްޖެއަށް ބޭރުގެ އިއްޒަތްތެރިއަކު ކުރައްވާ ފުރަތަމަ ފުރަމާނާ ދަތުރުފުޅެވެ.
މި ދަތުރުފުޅަކީ ދެ ގައުމުގެ އެއްބާރުލުން އާލާކޮށް، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އިންޑިއާގެ ’ނެއިބަރހުޑް ފަސްޓް‘ ސިޔާސަތު އަލުން ކަށަވަރުކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުޞަތެއްގެ ގޮތުގައި އިންޑިއާއިން ދެކެއެވެ.






