މާލޭ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ދަނޑިކޮށީ ޖަގަހައަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ މ. ސްޓަރ، މުހައްމަދު ރަޒީނެވެ. އޭނާއަކީ އުމުރުން ނަވާޅީސް އަހަރުގެ މީހެކެވެ.
ފުލުހުން ވިދާޅުވީ މިމައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ އޮގަސްޓް އެއްވަނަ ދުވަހުގެރޭ 1:30 އެހައިކަންހާއިރު ކަމަށެވެ.
މިމައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.






