ރައްޔިތުންގެ ބާރުވެރިކަން ސަރުކާރަށް ދައްކަންޖެހޭ: ސައްޕެ

މުހައްމަދު އަލީ
ސެޕްޓެމްބަރ 11, 2025

ބާރުވެރިންނަކީ ރައްޔިތުން ކަމަށާއި އެމީހުން ނުކުމެ މިސަރުކާރު އިމުން ބޭރުނުވުމަށް ގޮވާލަންޖެހޭ ކަމަށް މިމު ސައްޕެ ބުނެފިއެވެ. އޭނާ ބުނީ ރައްޔިތުންނަށް ރަނގަޅު ގޮތެއް ހޯދަން ރައްޔިތުންގެ ބާރު ހިފަހައްޓައި ދަމަހައްޓަން ޖެހޭ ކަމަށެވެ.

އެކަމަށްޓަކައި އެންމެނަށްބައިވެރިވެވޭ ގޮތަށް ބާއްވާ އެއްވުމެއް ހޮނިހިރު ދުވަހުގެ ރޭ ނުވައެއް ޖަހާއިރު އޮންނާނޭ ކަމަށް ވެސް އޭނާ ބުންޏެވެ.

މިސަރުކާރު އައިސް ވައުދު ނުފުއްދާ ކަމަށާއި އޭގެ ސަބަބުން ރައްޔިތުންނަށް އެތައް ދަތި އުނދަގޫތަކެއް ދިމާވަމުންދާ ކަމަށެވެ. އެތައްބައެއްގެ މަސައްކަތުން ރާއްޖެއަށް ޑިމޮކްރަސީ ގެނެސް ވެރިކަމުގެ ދައުރު ދެ ދައުރަށް ބަދަލުކޮށް މިނިވަން މުއައްސަސާތައް މިހާރުވަނީ ހެދިފައި ކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް އެއްވެސް އޭގެ ސަބަބުން ރައްޔިތުންނަށް ލިބެންވާ ފައިދާއަކާއި މަންފާއެއް ނުލިބޭ ކަމަށް ވެސް ބުންޏެވެ. ރައީސްވެސް އަމަލު ކުރަންވާނީ ހުވަޔާ އެއްގޮތަށް ކަމަށާއި އެއާ ޚިލާފުވާނަމަ ރައްޔިތުން ނުކުމެ ހުވައިގެ މަތީން ހަނދާންކޮށްދޭންޖެހޭ ކަމަށް ވެސް ބުންޏެވެ.

މި ލިޔުމާ ގުޅޭ