ކޮޅުފުށީ ހައުސިންގެ އަގު 5000 އިން 3333 އަށް ކުޑަކޮށްދީފިން: ރައީސް

މުހައްމަދު އަލީ
ސެޕްޓެމްބަރ 23, 2025

މ. ކޮޅުފުށީގައި ތަރައްގީކުރާ ހައުސިން ޔުނިޓްތަކުގެ އަގު 5000 ރުފިޔާއިން 3333 ރުފިޔާއަށް ކުޑަކޮށްދެއްވާފައިވާކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ފާފު އަތޮޅާއި ވާވު އަތޮޅާއި މީމު އަތޮޅުގެ އިތުރުން ތާ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު މ. އަތޮޅު ކޮޅު ފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް ކޮޅުފީ ހައުސިން ޔުނިޓްތަކުގެ އަގު 5000 އިން 3333 ރުފިޔާއަށް މިހާރު ކުޑަކޮށްފައިވާކަމަށެވެ.

”ހަވާލު ކުރަމުންމިދާ ހައުސިން ޔުނިޓްތަކުގެ އަގު ވެސް 5000 ރުފިޔާގަ ކުރީ ސަރުކާރުގަ، ނުވަތަ ކުރިން ހަމަޖެހިފަ އޮތްކަަމަށް އަޅުގަނޑަށް އެނގިފަ އޮތީ، އެކަމް އަޅުގަނޑު ވެފަ އޮންނާނެ ވައުދެއް، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިގޮތަށް ހުރި ހައުސިން ޔުނިޓްތައް ނޫނީ ގެދޮރުވެރިކަމުގެ މަޝްރުއުގެ ތެރެއިން އަޅައިސީފަހުރި ތަންތަނުގެ އަގު ކުޑަކުރަން، ކެބިނެޓްގެ ނިންމުމެއް އޮންނާނެ، މިދިޔަ އަހަރުގެ ތެރޭގައި ންފީޒުކުރަންފަށާފައޮތް، އެ ސިޔާސަތުގެ ދަށުން މިރަށުގަވެސް 5000 ރުފިޔާއަށް ކަނޑައަޅާފަ އޮތްއަގު މިހާރު އޮންނާނީ ކުޑަކޮށްފަ 3333 ރުފިޔާއަށް،“

އެއީ ރައްިތުންގެ އަތްފީރާ ފަށަށް އަގުހެޔޮ ކުރުމަށްތަކައި ކުރެއްވި ކަމެއް ކަަމަށާއި، މި ސަރުކާރުން އަލާ ހައުސިން އުނިތްތަކުގެ އަގު ބޮޑު ނުކުރައްވާނެކަަމަށް ވެސް އެކަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮޅުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް މިއަހަރުގެ ނިޔަލަށް ހަވާލުކޮށް ނިންމައިލެއްވޭނެ ކަމަށެވެ.

ފެނަކައާ ހަވާލުކޮށްގެން މިހާރު ކުރިއަށްދަނީ ހައުސިން ޔުނިޓްތަކަށް ޔުޓިލިޓީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމަށާއި، އެ މަސައްކަތް ވަރަށްބާރަށް ކުރިއަށްދާ ކަަމަށްވެސް ވިދާޅުވިއެވެ. ހާއްސަ އިސްކަމެއް ދީގެން ކޮޅުފުށީ ހައުސިން ޔުނިޓްތަކަށް ވީހާވެސް އަވަހަށް މީހުންނަށް ވަދެވޭނެ ގޮތް ހަމަޖައްސަވާނެ ކަމަށްވެސް ވިދާޅުވިއެެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮޅުފުށްޓަށް ކުރެއްވި ދަތުރުފުޅުގައި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާއަށް ހުށައެޅުމުގެ ފުރުސަތު ވަނީ ދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، ވ.ފ.މ އަދި ތ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި މިހާތަނަށް އެމަނިކުފާނު ވަނީ، ވ. އަތޮޅާއި ފ. އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވައިފައެވެ.

މިހާރު މ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތް ކުރައްވަމުން ގެންދަވާއިރު ދެން އެމަނިކުފާނު ވަޑައިގަންނަވާނީ ތ. އަތޮޅުގެ ރަށްތަކަށެވެ.

މި ލިޔުމާ ގުޅޭ