ފަތުރުވެރިކަމުގެ ފައިދާ އިންސާފުވެރިކަމާއެކު ލިބެންޖެހޭ: ވަޒީރު

މުހައްމަދު އަލީ
ސެޕްޓެމްބަރ 27, 2025

ރާއްޖޭގެ އިޤްތިޞާދުގައި ފަތުރުވެރިކަމުގެ ދައުރު ބޮޑުކަމުން، މި ދާއިރާއިން ލިބޭ ފައިދާ އެންމެންނަށް އިންސާފުވެރިކަމާއެކު ލިބިގެންދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ފަތުރުވެރިކަމާ ބެހޭ މިނިސްޓަރ ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މުޅި ދުނިޔޭގައި ފާހަގަކުރަމުންދާ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ހެޔޮއެދުންތައް ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ފޮނުވަމުން މިނިސްޓަރ ވިދާޅުވެފައިވަނީ ފަތުރުވެރިކަމަކީ އިޖުތިމާޢީ-އިޤްތިޞާދީ ކުރިއެރުމާއި ދެމެހެއްޓެނިވި ތަރައްޤީއަށް ވަރަށް މުހިންމު ދައުރެއް އަދާކުރެވޭނެ ސިނާއަތެއް ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ފައިދާ އެންމެންނަށް ލިބިގެންދާނެކަން ކަށަވަރުކުރުމަށާއި، ދިވެހި ފަތުރުވެރިކަމުގެ ސިނާޢަތަކީ ދެމެހެއްޓެނިވި އަދި ހަރުދަނާ ސިނާޢަތަކަށް ހެދުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ. މިކަމަށްޓަކައި ދައުލަތާއި، އަމިއްލަ ކުންފުނިތަކާއި، ރައްޔިތުންގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށްވެސަ މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ދެމެހެއްޓެނިވި ގޮތަކަށް ފަތުރުވެރިކަން ކުރިއެރުވުމަކީ ދިވެހިރާއްޖޭގެ އާދަކާދަތަކާއި ތިމާވެށި ހިމާޔަތްކުރުމަށްވެސް މަގުފަހިކޮށްދޭނެ ކަމެއް ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

 

މި ލިޔުމާ ގުޅޭ