ފޮޓޯ އެމްޑީޕީ

ލޫޓުވައިފި މުޒާހަރާ: ހަ މީހަކު ފަނަރަ ދުވަހަށް ބަންދު ކުރަން އަމުރު ކޮށްފި

މުހައްމަދު އަލީ
އޮކްޓޯބަރ 4, 2025

އެމްޑީޕީން ރޭ މާލޭގައި ބޭއްވި މުޒާހަރާއިން ހައްޔަރުކުރި ހަތް މީހުންގެ ތެރެއިން އެކަކު ދޫކޮށްލައި އަނެއް ހަ މީހުން ފަނަރަދު ވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފިއެވެ.

ރޭގެ މުޒާހަރާގެ ބައިވެރިން އާޓިފިޝަލް ބީޗުން ނުކުމެ ދިމާކޮށްލީ މަޖީދީމަގުން ކުރިއަށް ދިއުމަށެވެ. އެހެންމަވެސް އެއީ އެމްޑީޕީއަށް ހުއްދަދީފައިވާ ރޫޓު ނޫންކަމަށް ބުނެ ފުލުހުންވަނީ މުޒާހަރާއަށް ހުރަސް އަޅައިފައެވެ. އެހިސާބުން ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހަމަނުޖެހުން ހިނގައި ބައެއް މީހުންނަށް އަނިޔާވެސްވިއެވެ. ފުލުހުން ވަނީ ޕެޕަރސްޕްރޭވެސް ޖަހައިފައެވެ. މި ހަތް މީހުން ހައްޔަރުކޮށްފައިވަނީ މި ހަމަނުޖެހުމުގެ ތެރޭގައެވެ.

ރޭ ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ އާއި، ކުޅުދުއް، މާފުށީ ކައުންސިލްގެ ރައީސް ހަސަން ސަލާހާއި، ޔާސިރު އަބްދުއްލަތީފާއި، އަލީ ޖުމާންއާއި، އަޒީމް އަލީއާއި ހަސަން ޝާކިރެވެ.

މި މީހުން ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ނުކިޔަމަންތެރިކަން ދެއްކުމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ލިޔުމާ ގުޅޭ