ޗެޓް ޖީޕީޓީއާ ސުއާލު ކުރި ކުއްޖާ ހައްޔަރުކޮށްފި

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 6, 2025

ކުލާހުގައި އިންދައި އޭނާގެ އެކުވެރިޔާ މަރާލާނީ ކިހިނެއްތޯ ޗެޓްޖީޕީޓީއާ ސުއާލު ކުރި ކުއްޖާ ހައްޔަރުކޮށްފިއެވެ . ހައްޔަރު ކޮށްފައި ވަނީ އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ ސައުތްވެސްޓަން މިޑްލް ސްކޫލްގެ 13 އަހަރުގެ ދަރިވަރެކެވެ.

މަސްނޫއީ ބުއްދީގެ ބާރުގައި ހިންގާ ޗެޓް ޖީޕީޓީފަދަ ސޮފްޓްވެއަރތަކަކީ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންޓެންޓް ހިމެނޭ ވާހަކަތައް ސަރުކާރުގެ އިދާރާތަކަށް އޮޓޮމެޓިކުން ރިޕޯޓު ކުރުމުގެ ގާބިލުކަމާއެކު އުފައްދާފައިވާ ސޮފްޓްވެއަރ ތަކެވެ. އެމެރިކާއިން އުފައްދާ ހުރިހައި ސޮފްޓްވެއަރ އަކީ ޖާސޫސީ އިދާރާތަކުން އެއަށް ވަދެގަނެ، ޔޫޒަރުންނަށް ޖާސޫސް ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ތަކެއްޗެވެ.

މި ދަރިވަރުގެ ސުއާލާއެކު ޖާސޫސީ އިދާރާތަކުގެ ސަމާލުކަމަށް އެކަން އައުމުން ވަގުތުން އެކުއްޖާ ހައްޔަރު ކުރީއެވެ. އޭނާ ބުނެފައި ވަނީ އެއީ މަޖަލަކަށް ކޮށްލި ސުއާލެއް ކަމަށެވެ.

ނަމަވެސް ފުލުހުން މިކަން ބަލައިގަނެފައިވަނީ މަޖާ ކަމެއްގެ ގޮތުގައެއް ނޫނެވެ. އެމެރިކާގައި ސްކޫލްތަކަކީ ބަޑި ޖެހުމުގެ ހާދިސާތައް ގިނަ ނުރައްކާތެރި މާހައުލުތަކެކެވެ. އެހެންވެ މިފަދަ ކަންކަމަކީ ސްކޫލްތަކުގައި ކުއްލި ނުރައްކަލުގެ ހާލަތެއް އުފެދިދާނެ ކަންކަން ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މި ލިޔުމާ ގުޅޭ